ފޭދު ބަނދަރުގައި ޖަހާފައިތިބި ބައްތިތައް ދިއްލައިދިނުމަށް ކައުންސިލްގައި އެދިގެންވެސް އެކަން ނުކޮށްދީގެން ރައްޔިތުންގެ ތެރެއިން ބަޔަކު ނިކުމެ ބަނަދަރުމަތީގައި ޖަހާފައި ތިބި ބައްތި ދަނޑިތަކުގައި ފުޅި ބައްތި އެލުވައިފިއެވެ.
ފޭދޫން ވާހަކަ ދެއްކި ޒުވާނަކު ބުނީ އިންޖީނަށް ދިމަވި މައްސަލައަކާއި ހެދި ލޯޑް ދަށް ކުރުމަށް ކަމަށް ބުނެ ބައްތިތައް ނުދިއްލައިގެން އެކަން ހައްލު ކޮށްދިނުމަށް ކައުންސިލްގައި ތަކުރާރުކޮށް އެދިފައިވާކަމަށެވެ.
އޭނާ ބުނީ އެތައް ބަޔަކު ބޭނުން ކުރާ ފޭދޫ ބަނަދަރު އެގޮތަށް އަނދިރީގައި ބޭއްވުމުން އެރަށަށް ލަފައި ފުރާ އުޅަނދުފަހަރާއި އެތަނުގެ ބޭނުން ކުރާފަރާތަކަށް އެތައް އުނދަގުލަކާއި ކުރިމަތި ލާން ޖެހޭކަމަށެވެ. އަދި އެއްވެސް ބޭނުމެއް ނުކޮށް ހުރި އީސީސީގެ ހުރިހާ ބޮކިތައް ދިއްލާފައިވާކަމަށް އޭނާ ބުންޏެވެ.
އޭނާ ބުނީ ލޯޑު ދަށްކުރުމަށް އެކަހަލަ ބޭކާރު ތަންތަން ނިއްވުން މާ މުހިއްމުކަމަށެވެ.
މިރޭ ފޭދޫ ބަނދަރު ފުޅިބައްތިން ދިއްލަމުންދަނިކޮށް ވިއްސާރަވެ މިހާރު ފުޅިބައްތިތައްވެސް ވަނީ ނިވިފައެވެ.