Last Updated: June 16, 20:09
Tuesday, June 16, 2026
ކުޅިވަރު

ޖިރޫޑަށް އަނިޔާވެ ސްޕާސް މެޗް ގެއްލިއްޖެ

ހޮނިހިރު ދުވަހު ކުޅޭ އުތުރު ލަންޑަން ޑާބީގައި އާސެނަލްގެ ތަރި އޮލީވިއާ ޖިރޫޑަށް ނުކުޅެވޭނެ ކަން އާސެނަލްއިން ހާމަކޮށްފިއެވެ.

ޓޮޓެންހަމްއާ ދެކޮޅަށް އާސެނަލް ކުޅޭއިރު ޖިރޫޑަކީ އާސެނަލްގެ ފުރަތަމަ އެގާރައިން ޖާގަ ނުލިބުނަސް މުހިންމު ކުޅުންތެރިޔެކެވެ. ޖިރޫޑަށް އަނިޔާވެފައިވަނީ ފްރާންސު ވޭލްސްއާ ބައްދަލުކުރި މެޗުގައެވެ.

ޖިރޫޑުގެ ފަލަމަސްގަނޑަށް އަނިޔާވެ ކުޅުމާއި ދުރުގައި ހުންނަން ޖެހިފައިވާކަން ޑޮކްޓަރުން ކުލަބަށް އެންގި ނަމަވެސް ވެންގާ ބުނެފައިވަނީ އެންމެ ފަހު ވަގުތުވެސް އޭނާއަށް ކުޅެވޭނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ.

އާސެނަލްއާއި ޓޮޓެންހަމް ބައްދަލުކުރާ މެޗަކީ އަބަދުވެސް ފޯރިގަދަ މެޗެކެވެ. އެމިރޭޓްސްގައި ކުޅޭ މިމެޗު ފަށާނީ ހޮނިހިރު ދުވަހު ހަވީރު 4:30 ގައެވެ.