Last Updated: May 16, 20:52
Thursday, May 16, 2024
ޚަބަރު

އައްޑޫ ބެޑްމިންޓަން ފެސްޓިވަލް އަންނަ މަހު

އަންނަ މަހު އައްޑޫގައި ބާއްވާ ބެޑްމިންޓަން ފެސްޓިވަލްގައި ބައިވެރިވާން ބޭނުންވާ މީހުންނަށް އެ ފުރުސަތު ހުޅުވާލައިފި އެވެ.

ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ބުނީ އަންނަ މަހުގެ 14-25 އަށް ބާއްވާ ފެސްޓިވަލްގައި ބައިވެރިވާން ޝައުގުވެރިވާ މީހުންނަށް ބައިވެރިވުމުގެ ފުރުސަތު މި މަހުގެ 21 ވަނަ ދުވަހާ ހަމައަށް ހުޅުވާލައިފައިވާ ކަމަށެވެ.

ފެސްޓިވަލަށް މީހުން މީހުން ނެގުމުގައި ބަލާނީ ބެޑްމިންޓަންގެ ތަޖުރިބާ ހުރި އަދި ކުޅިވަރުގެ ރޮނގުން ޚިދުމަތް ކުރަމުންދާ މީހުންނަށާއި އަތޮޅުތަކުން ކުރިމަތިލާ ފަރާތްތަކަށް ކަމަށް އެސޯސިއޭޝަނުން ބުންޏެވެ.

ބެޑްމިންޓަން ފެސްޓިވަލްގައި ކުރިއަށް ގެންދަން ހަމަޖެހިފައިވާ ޕްރޮގްރާމްތަކަކީ ޕަރަ ބެޑްމިންޓަން ކޯޗިން ކޯސް، ޝެޓްލްޓައިމް ބެޑްމިންޓަން، ވުމަންއިން ބެޑްމިންޓަން އަދި އޮލިމްޕިކް ސޮލިޑަރިޓީ ލެވެލް 1 ބެޑްމިންޓަން ކޯޗިން ކޯހެވެ.