ފުވައްމުލަކު ސިޓީ ކައުންސިލުން ބޭއްވި ވޮލީ މުބާރާތުގެ ޗެމްޕިއަންކަން މީދޫ ޓީމުން ހޯދައިފިއެވެ.
މީދޫ ޗެމްޕިއަންކަން ހޯދީ މިއަދު ހަވީރު ކުޅުނު މުބާރާތުގެ ފައިނަލް މެޗްގައި މިސްކިތް މަގު އެންމެންގެ ގުޅުން 3-1 ސެޓުން ބަލިކޮށްގެންނެވެ.
މެޗްގެ ފުރަތަމަ ސެޓް 20،25 އިން ގެންދިޔައީ މިސްކިތްމަގު އެންމެންގެ ގުޅުމެވެ. ނަމަވެސް ދެވަނަ ސެޓުގެ ކުޅުން ރަނގަޅުކޮށް މީދޫ ޓީމުން ވަނީ އަނެއް ތިން ސެޓު ކާމިޔާބްކޮށްފައެވެ. މީދޫ ޓީމުން ސެޓްރތައް ގެންދިޔައީ 19،25، 21،25 އަދި 14،25 އިންނެވެ.
ފައިނަލް މެޗަށް ފަހު މުބާރާތުގެ ވަނަތަކަށް ދިޔަ ފަރާތްތަކަށް ތައްޓާއި އިނާމްވަނީ ދީފައެވެ.
މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މީދޫ ވޮލީ ޓީމުގެ މުރާދު ޖީހާންއެވެ. އެންމެ މޮޅު ލިބަރޯއަކީ މީދޫ ވޮލީ ޓީމުގެ އާނިސް އެވެ.
މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިނަކީ މީދޫ ޓީމުގެ މުރާދު އާއި އިބްރާހިމް ޖަމާލް އަދި ފައިރޫޒުގެ އިތުރުން މިސްކިތްމަގު އެންމެންގެ ގުޅުމުގެ ހުޒާމް އާއި ނިލާމްއެވެ.
މީދޫ ޓީމަކީ މިދިޔަ އަހަރުގެ ރަނައަޕް ޓީމެވެ.