ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ރާއްޖޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯއްދަވައި ދެއްވުމަށް ކުރައްވާ މަސައްކަތަކީ ހަމައެކަނި މާލޭގެ ރައްޔިތުންނަށްޓަކައި ކުރައްވާ މަސައްކަތެއް ނޫން ކަމަށް ފޭދޫ ދާޢިރާގެ މަޖިލިސް މެންބަރު އިބްރާހިމްދީދީ (އައިބީ) ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގައި 2018 ވަނަ އަހަރުގެ ބަޖެޓާއި ބެހޭގޮތުން ބަހުސް ކުރައްވަމުން އައިބީ ވިދާޅުވީ، ފޭދޫ ދާއިރާގެ ފަންސަވީސް އިންސައްތަ ރައްޔިތުން ދިރިއުޅުއްވަނީ މާލެ އާއި މާލެ ކައިރީ ރަށްތަކު ރަށުން ބޭރުގައި ކަމަށެވެ.
އައިބީ ވިދާޅުވީ، ސަރުކާރުން މާލެ ސަރަހައްދުގައި ފްލެޓްތައް އަޅުއްވަނީ، އެ ސަރަހައްދުގައި ދިިރިއުޅޭ ފޭދޫގެ އަށް ނިސްބަތްވާ ރައްޔިތުންނަށް ވެސް މަންފާ ލިބޭ ގޮތަށް ކަމަށެވެ.
"އަޅުގަނޑުމެންގެ ދާއިރާގެ ވެސް ގާތްގަނޑަކަށް %25 ރައްޔިތުން އެބަ ދިރިއުޅުއްވާ މާލެއާއި މާލެ ކައިރީ ރަށްތަކުގައި އާއި ރާޢްޖެއިން ބޭރުގައި. އެހެންވީމާ އެބޭފުޅުންނަށް ވެސް މި ޚިދުމަތް ފޯރުކޮށްދިނުމަށް ޓަކައި މާލޭގައި ވެސް މި މަސައްކަތް ކުރައްވަނީ .
އައިބީ ވިދާޅުވީ ރައީށް ޔާމީން ރާއްޖޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯއްދަވައި ދެއްވުމަށް ކުރައްވާ މަސައްކަތަކީ ހަމައެކަނި މާލޭގެ ރައްޔިތުންނަށްޓަކައި ކުރައްވާ މަސައްކަތެއް ނޫން ކަމަށެވެ.
2017 ވަނަ އަހަރުގެ ބަޖެޓުގައި ވެސް ހިމެނި، އެހެން ނަމަވެސް މިހާތަނަށް މަސައްކަތް ފެށިފައި ނުވާ، ފޭދޫގެ 100 ހައުސިން ޔުނިޓަށް ވެސް 2018ގެ ބަޖެޓުގައި ހިމެނިފައިވާކަން އައިބީ ވަނީ ފާހަގަކުރައްވާފައެވެ.
އައިބީ ވިދާޅުވީ ކުރީގެ ސަރުކާރުތަކުން ބަޖެޓުގައި ޖަހަނީ ހަމައެކަނި ބިންގާ އަޅާނެ ފައިސ ކަމަށާއި އޭގެ ސަބަބުން މަޝްރޫޢުތައް ހުއްޓޭ ކަމަށެވެ. އެހެން ނަމަވެސް މި ސަރުކާރުން އަމަލުކުރަމުން ދަނީ އެގޮތަށް ނޫން ކަމަށެވެ.