Last Updated: July 1, 23:10
Wednesday, July 1, 2026
ޚަބަރު

އައްޑު އަށް މަސްތުވާތަކެތި އެތެރެކުރި މީހަކު އުމަރަށް ޖަލަށް

އައްޑު އަށް މަސްތުވާތަކެތި އެތެރެ ކުރި މީހަކު އުމުރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން އިއްޔެ ހުކުމް ކޮށްފިއެވެ.

ކޯޓުން ހުކުމް ކޮށްފައިވަނީ ސ. ހިތަދޫ، ގެދަރު، އަބްދުﷲ އަގީލްގެ މައްޗަށެވެ.

އަބްދުﷲ އަގީލްގެ މައްޗަށް ދައުވާކޮށްފައިވަނީ 2010ވަނަ އަހަރު ތެރޭގައި ހިތަދޫ އާގަލާ ބޯޓުން އެތެރެކުރި 100ގ އަށް ވުރެ ގިނަ މަސްތުވާތަކެތި އަގީލްގެ އަތުން ފެނިގެން ކުރި ދައުވާ އަގީލްގެ މައްޗަށް ސާބިތުވެގެންނެވެ.

ޝަރީއަތުގައި އަގީލް ބުނެފައިވަނީ އެ މަސްތުވާތަކެއްޗަކީ މީހަކާއި ހަވާލު ކުރުމަށް އެހެން މީހަކު އޭނާ އާއި ހަވާލު ކުރި އެެއްޗެއް ކަމަށެވެ. އަދި އޭނާ އެތަކެތި ގެނައި ކަމަށް އެއްބަސްވިއެވެ. ނަމަވެސް އެތަކެއްޗަކީ އެހެންމީހަކާއި ހަވާލު ކުރުމަށް ގެނައި އެއްޗެއްކަމަށް ޝަރީއަތުގައި އަގީލްއަށް ސާބިތުކޮށް ނުދެވުމުން އޭނާގެ މައްޗަށް މަސްތުވާތަކެތި ވިއްކުމާއި ބެހޭ ގާނޫނުގެ ދަށުން އުމުރަށް ހުކުން ކުރީކަމަށެވެ.