Last Updated: May 16, 09:46
Thursday, May 16, 2024
ޚަބަރު

"މިނިޓް މެއިޑް" ގެ ފުރަތަމަ ބެޗްގެ ފުޅި މަނާކޮށްފި

ރާއްޖޭގައި މިހާރު ވިއްކަމުން އަންނަ މަޝްހޫރު ޖޫހެއް ކަމަށްވާ "މިނިޓް މެއިޑް" ގެ ފުރަތަމަ ބެޗްގެ ފުޅިތައް ބަންދު ކުރި ތާރީހު ކަށަވަރު ނުވާތީ އެ ޖޫސް ނުވިއްކުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގު އޮތޯރިޓީ (އެމްއެފްޑީއޭ) އިން އަންގައިފި އެވެ.

އެމްއެފްޑީއޭއިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ މާލޭ އެރޭޓެޑް ވޯޓާ ކޮންޕެނީ (އެމްއޭޑަބްލިއުސީ)ގެ ފަރާތުން މާކެޓްކޮށް ރާއްޖެ އެތެރެ ކުރާ މިނިޓްމެއިޑްގެ ފުރަތަމަ ބެޗްގެ ފުޅިތައް ނުވިއްކުމަށް އެ މާލޭ އެރޭޓެޑް ވޯޓާ ކޮންޕެނީން ރާއްޖެ އެތެރެކޮށްފައިވާ މިނިޓްމެއިޑްގެ ފުރަތަމަ ބެޗްގެ ފުޅީގެ ތިރީގައި ޖަހާފައި ވާނީ އުފެއްދި ތާރީޚުގެ ބަދަލުގައި މުއްދަތު ހަމަވާ ތާރީހު ކަމަށެވެ.

ރާއްޖެ އެތެރެ ކުރި އިރު އެ ބެޗުގެ ފުޅިތަކުގައި ތާރީޚު ލިޔެފައި ވާނީ ހުދު ކުލައިންނެވެ. އެ ތާރީޚު ލިޔެފައިވާ ގޮތުގެ ސަބަބުން ކަސްޓަމަރުންނަށް އޮޅުން އަރާފާނެ ކަމަށް ބެލެވޭތީ ލިޔެފައިވާ ގޮތަށް ބަދަލު ގެނެސްފައިވާ ކަމަށް އެމްއެފްޑީއޭ އިން ބުންޏެވެ.

ނަމަވެސް އެމްއޭޑަބްލިއުސީން ބުނީ ފަހުން އެތެރެކޮށްފައިވާ ފުޅީގައި ކަސްޓަމަރުންނަށް ސާފުވާނެ ފަދައިންް މުއްދަތު ހަމަވާ ތާރީޚުގެ ބަދަލުގައި އުފެއްދި ތާރީޚު ކަޅުކުލައިން ޖަހާފައި ވާނެ ކަމަށެވެ. އަދި މުއްދަތު ހަމަވާ ތާރީޚަކީ އުފެއްދި ތާރީޚުން ފެށިގެން ނުވަ މަސް ދުވަސް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ފަހުން އެތެރެކޮށްފައިވާ ފުޅީގައި މުއްދަތު ހަމަވާ ތާރީޚު ލިޔެފައިވާ ލިޔުމަށް ގެނައި ބަދަލާ އެކު އެންމެ ފުރަތަމަ އެތެރެކޮށްފައިވާ ފުޅިތައް ފިހާރަތަކުގެ ހަރުފަތްތަކުން ނެގުމަށް އެމްއޭޑަބްލިއުސީން ވަނީ އަންގައިފަ އެވެ.