Last Updated: May 15, 14:33
Wednesday, May 15, 2024
ޚަބަރު

ޝަންގްރިއްލާގެ އާ ޖީއެމް ކައުންސިލާ ބައްދަލުކޮށްފި

ޝަންގްރިއްލާ ވިލިގިލި ރިސޯޓް އެންޑް ސްޕާގެ އާ ޖެނެރަލް މެނެޖަރު (ޖީއެމް) ފިލިޕް ކްލެވެރޯ އައްޑޫ ސިޓީ ކައުންސިލާ ބައްދަލުކޮށްފި އެވެ.

ކައުންސިލް އިދާރާގައި އޮތް މި ބައްދަލުވުމުގައި އާ ޖީއެމްއާ، ކައުންސިލްގެ ފަރާތުން އިސްކޮށް ބައިވެރިވަޑައިގެންނެވީ މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) އެވެ. މި ބައްދަލުވުމުގައި ޑެޕިއުޓީ މޭޔަރު މުހައްމަދު ޔަސްރިފާއި މަރަދޫ ކައުނސިލަރު އިބްރާހީން ފައިސަަލްގެ އިތުރުން ހިތަދޫ މެދު ދާއިރާގެ ކައުންސިލަރު ޖަމްޝީދާ މުހައްމަދު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

ފިލިޕްއާ އެކު ބޭއްވި ބައްދަލުވުމުގައި ޝަންގްރިއްލާގެ ފަރާތުން ސައުދު އަބްދުﷲ އާއި މަގާމުގެ ދައުރު ހަމަ ކުރާ ޖީއެމް އަލްވިން ޑްރެގޯ ވެސް ބައިވެރިވަޑައިގެންނެވި އެވެ. އަލްވިން ޖީއެމްގެ މަގާމާ ހަވާލުވެވަޑައިގެންނެވީ 2015 ގަ އެވެ. މި ބައްދަލުވުގައި ކައުންސިލުން ވަނީ އެ ދެ ބޭފުޅުންނަށް ހަނދާނީ ހަދިޔާއެއް ވެސް އަރުވައިފަ އެވެ.

ޝަންގްރިއްލާ ވިލިގިލި ރިސޯޓްގެ ޖީއެމް ކައުންސިލާ އެކު ބޭއްވި ބައްދަލުވުމުގައި ވަނީ އެކިއެކި ދާއިރާތަކުން އެ ރިސޯޓްގެ ފަރާތުން އައްޑު އަށް އެހީތެރިކަން ފޯރުވައި ދެވިދާނެ ގޮތްތަކާ ބެހޭ ގޮތުން މަޝްވަރާކޮށްފަ އެވެ.

ޝަންގްރިއްލާ ރިސޯޓަކީ 2009 ވަނަ އަހަރު ހުޅުވި ފަހުން، އައްޑު އަށް އެކި ގޮތްގޮތުން އެ ރިސޯޓްގެ އިޖުތިމާއީ ޒިންމާގެ ދަށުން އެހީތެރިކަން ފޯރުވައި ދެމުން އަންނަ ރިސޯޓެއްކަން ފާހަގަކޮށްލެވެ އެވެ.