Last Updated: June 8, 15:03
Monday, June 8, 2026
ޚަބަރު

އައިފޯންގެ ޗާޖަރަކުން ކަރަންޓްގައި ޖެހުނު އަންހެން ކުއްޖަކު މަރުވެއްޖެ

އިރުމަތީ އޭޝިއާގެ ޤައުމެއް ކަމުގައިވާ ވިއެޓްނާމްގައި އައިފޯން ޗާޖަރަކުން ކަރަންޓުގައި ޖެހުނު އުމުރުން 14 އަހަރުގެ އަންހެން ކުއްޖަކު މަރުވެއްޖެ އެވެ.

އެ ގައުމުގެ ނޫސްތަކުގައި ބުނެފައިވާ ގޮތުގައި އަންހެން ކުއްޖާގެ ބެލެނިވެރިންނަށް ފެނުނު އިރު، އެ ކުއްޖާ އޮތީ ކަރަންޓްގައި ޖެހުމުގެ ސަބަބުން ހޭނެތިފައި ކަމަށެވެ. އަދި އެ ކުއްޖާ މަރުވެފައި ވަނީ، ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް ކަމަށެވެ.

ވިއެޓްނާމުގެ ފުލުހުން ބުނެފައިވާ ގޮތުގައި މަރުވި އަންހެން ކުއްޖާގެ ކައިރީގައި އޮތް އައިފޯންގެ ޗާޖަރު ކޭބަލް އޮތީ ހަލާކުވެފައި ކަމަށެވެ. އަދި އަންހެން ކުއްޖާ އާންމުކޮށް ނިދަނީ ފޯނު ޗާޖަށް ޖަހައިގެން ފޯނު ކައިރީގައި ބާއްވައިގެން ކަމަށް އާއިލާ އިން މައުލުމާތު ދީފައިވާކަމަށެވެ.