Last Updated: April 20, 06:38
Saturday, April 20, 2024
ޚަބަރު

ސައިންޓިސްޓަކު އަމިއްލަ ޑީއެންއޭއާ ކުޅެފި

އެމެރިކާގެ ނާސާގައި ކުރިން މަސައްކަތް ކުރި ސައިންޓިސްޓެއް ކަމަށްވާ ޖޯސިއާ ޒޭނާ، އާދަޔާޚިލާފު ބާރުތައް ހޯދުމަށް އޭނާގެ އަމިއްލަ ޑީއެންއޭ އެޑިޓްކޮށްފި އެވެ.

އަމިއްލަ އަށް ޑީއެންއޭ އެޑިޓް ކުރި ފުރަތަމަ މީހަކަށް ޒޭނާ ވެފައިވާ އިރު އޭނާ ބުނެފައި ވަނީ އިންސާނުން އެ މީހުންގެ އަމިއްލަ ޖީންސްތަކުގެ އަޅުންނަށް ވާކަށް ނުޖެހޭ ކަމަށެވެ.

ޒޭނާ ވަނީ އޭނާގެ ހެދިބޮޑުވުމާ ގުޅޭ ޖީންއެއް ކަމަށްވާ މަޔޯސްޓެޓިން "ބުރިކޮށް" އަމިއްލަ އަށް މޮޑިފައިކޮށްފަ އެވެ. މީގެ ސަބަބުން އޭނާގެ އަތުގެ މަސްތައް ބިޔަވާނެ ކަމަށް ސައިންޓިސްޓުން ބުނެ އެވެ.

އިންސާނާގެ އަމިއްލަ ޖީންސްތައް މިކަމަށް ޚާއްސަ ވަސީލަތްތައް ބޭނުންކޮށްގެން "ބުރިކޮށް" ބަދަލު ގެނައުން ވަނީ އާންމުވާން ފަށައިފަ އެވެ. އެމެރިކާގެ "ބަޔޯ ހެކަރަކު" ވަނީ އޭނާގެ ޑީއެންއޭ ބަދަލުކޮށް އަލްޓްރާ ސްޕެކްޓަރަމް ފެނޭ ގޮތަށް ހެދުމަށް ވެސް މަސައްކަތް ކުރަމުންނެވެ.

ޖަނަވާރުންގެ ޑީއެންއޭ ބަދަލުކޮށް އެތަކެތީގެ ހެދިބޮޑުވުން އަވަސް ކުރުމަކީ ސައިންޓިސްޓުން އާންމުކޮށް ކުރަމުން އަންނަ ކަމެކެވެ. ނަމަވެސް އިންސާނުން އަމިއްލަ އަށް މިކަން ކުރުމަށް ގިނަ ސައިންސުވެރިން ތާއީދެއް ނޫނެވެ.