Last Updated: June 28, 23:21
Sunday, June 28, 2026
މުނިފޫހިފިލުވުން

2017 ގެ އެންމެ ކާމިޔާބު އަލްބަމަކަށް "ރެޕިއުޓޭޝަން"

ނޮވެމްބަރު 10 ގައި ރިލީޒްކުރި ޓޭލާ ސްވިފްޓްގެ އަލްބަމް "ރެޕިއުޓޭޝަން"ގެ 1.05 މިލިއަން ކޮޕީ ވަނީ ފުރަތަމަ ހަތަރު ދުވަހު ތެރޭގައި ވިކި، ހުރިހާ ރެކޯޑެއް މުގުރާލާފައެވެ.

މަޢުލޫމާތު ލިބޭ ގޮތުގައި މީގެ ކުރިން އެ ރެކޯޑް ހޯދާފައިވަނީ އެޑް ޝީރަން އެވެ. އެގޮތުން އެޑް ޝީރަންގެ އަލްބަމްގެ 919،000 ކޮޕީ އެ މުއްދަތުގެ ތެރޭގައި ވަނީ ވިކިފައެވެ. އެހެންނަމަވެސް ޓޭލާ ސްވިފްޓް ވަނީ މިހާރު "ރެޕިއުޓޭޝަން" އާއެކު އެ ރެކޯޑް މުގުރާލާފައެވެ.

މިއީ ހަފްތާއެއްގެ ތެރޭގައި 1 މިލިއަން ކޮޕީސް ވިކުނު ޓޭލާ ސްވިފްޓްގެ ހަތަރު ވަނަ އަލްބަމް އެވެ.

މީގެ އިތުރުން ޓޭލާ ސްވިފްޓް އަކީ 1991 އަހަރަށްފަހު ހަފްތާއެއްގެ ތެރޭގައި 1 މިލިއަނަށްވުރެ ގިނަ ކޮޕީ ވިކުނު ތިން އަލްބަމް އުފެއްދި ހަމައެކަނި ލަވަކިޔުންތެރިޔާ ވެސް މެއެވެ.