Last Updated: June 28, 23:21
Sunday, June 28, 2026
މުނިފޫހިފިލުވުން

ސާޖަރީ އަށް ފަހު ސެލީނާ ޕާފޯމަންސަކަށް ތައްޔާރު ވަނީ

ކާމިޔާބުކަމާއެކީ ކިޑްނީ ޓްރާންސްޕްލާންޓް ސާޖަރީއެއް ހެއްދި ލަވަކިޔުންތެރިޔާ ސެލީނާ ގޮމެޒް ދަނީ އެމެރިކަން މިއުޒިކް އެވޯޑްސްގައި ޕާފޯމް ކުރުމަށް ތައްޔާރު ވަމުންނެވެ.

އާދިއްތަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އޭއެމްއޭ އެވޯޑް ހަފްލާ ވެގެންދާނީ ސާޖަރީ އަށްފަހު ސެލީނާ ޕާފޯމެންސް އެއް ދޭ އެންމެ ފުރަތަމަ ފަހަރަށެވެ.

ސެލީނާ ވަނީ އޭނާ މާޝްމެލޯ އާއެކު ކިޔާފައިވާ ލަވަ "ވުލްވްސް" އޭއެމްއޭގައި ޕާފޯމް ކުރުމަށް ތައްޔާރުވަމުންދާ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް އިންސްޓަގްރާމްގައި ޕޯސްޓް ކޮށްފައެވެ.

މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ސެލީނާ ވަނީ އޭނާއަށް ލޫޕަސް ޖެހިފައިވާކަން ހާމަކޮށް، އެކަމުގެ ފަރުވާއެއްގެ ގޮތުން ކިޑްނީ ޓްރާންސްޕްލާންޓެއް ހަދާފައިވާކަން ހާމަކޮށްފައެވެ. ސެލީނާ އަށް ކިޑްނީ ހަދިޔާކޮށްދިނީ އޭނާގެ ގާތް ރަހުމަތްތެރިޔާ އަދި އެކްޓްރެސް ފްރޭންސިއާ ރައިސާ އެވެ.

2017 ވަނަ އަހަރުގެ އެމެރިކަން މިއުޒިކް އެވޯޑްސް އޮންނާނީ ލޮސް އެންޖެލިސްގެ މައިކްރޯސޮފްޓް ތިއޭޓަރުގަ އެވެ.

https://www.instagram.com/p/Bbipwpwgg9R/