Last Updated: June 28, 23:21
Sunday, June 28, 2026
މުނިފޫހިފިލުވުން

ލަވަކިޔުންތެރިޔާ ލިލް ޕީޕް މަރުވެއްޖެ

އެމެރިކާގެ ޒުވާން ރެޕާ އަދި ލަވަކިޔުންތެރިޔާ ގުސްތަވް އާރް މަރުވެއްޖެ އެވެ.

އޭނާގެ ސްޓޭޖް ނަން ކަމުގައިވާ 'ލިލް ޕީޕް' ގެ ނަމުން މަޝްހޫރުވެފައިވާ ގުސްތަވް މަރުވެފައި ވަނީ އެރިޒޯނާ ގައި ބާއްވަމުން ދިޔަ ޓުއާގެ ތެރެއިންނެވެ.

މަރުވިއިރު އޭނާގެ އުމުރަކީ 21 އަހަރެވެ.

ނިއު ޔޯކްގެ ލޯންގް ބީޗް އަށް ބޮޑުވި ލިޕް ޕީޕް އޭނާގެ ޓުއާ ބަސް ތެރޭގައި ހުއްޓިފައި އޮއްވާ ފެނުނީ އޭނާގެ މެނޭޖަރަށެވެ.

ފުލުހުން ބުނާ ގޮތުގައި ހާދިސާ ހިނގި ސަރަޙައްދުގައި ތިބި މީހުންނާއި ވާހަކަ ދައްކައި އަދި ޓުއާ ބަހުގެ އެތެރެ ބަލައިފާސް ކުރުމަށްފަހު ހޯދުނު ހެކިން ލަފާކުރެވޭ ގޮތުގައި ލިލް ޕީޕް މަރުވެފައި ވަނީ ޑްރަގް އޯވާޑޯޒެއްގެ ސަބަބުން ކަމަށެވެ.

މަރުވުމުގެ މަދު ގަޑިއިރެއް ކުރިން އޮންލައިންކޮށް އޭނާ ޕޯސްޓް ކޮށްފައިވާ ވީޑިއޯއެއްގައި އޭނާ ބުނެފައި ވަނީ އެކިއެކި ބޭސްތައް އޭނާ ނަގާފައިވާ ކަމަށެވެ. މީގެ އިތުރުން "އަހަރެން ރަނގަޅު. އަހަރެން ބައްޔެއް ނޫން" ކަމަށްވެސް އޭނާ ވަނީ ބުނެފަ އެވެ.