Last Updated: June 16, 19:23
Tuesday, June 16, 2026
މުނިފޫހިފިލުވުން

އޭސީޑީސީ ގިޓަރިސްޓު މެލްކަމް ޔަންގް މަރުވެއްޖެ

އޮސްޓްރޭލިއާގެ މަޝްހޫރު ރޮކް ބޭންޑު، އޭސީޑީސީގެ ގިޓަރިސްޓު މެލްކަމް ޔަންގް އުމުރުން 64 އަހަރުގައި މަރުވެއްޖެއެވެ.

ޔަންގް މަރުވެފައިވަނީ ޑިމެންޝިއާއާ ގިނަ ދުވަސްތަކެއް ވަންދެން ހަނގުރާމަ ކުރުމަށް ފަހުގައެވެ. 70ގެ އަހަރުތަކުގައި މުޅި ދުނިޔެއަށް މަޝްހޫރުވި އޭސީޑީސީ އަކީ މެލްކަމް އަދި އެންގަސް ޔަންގު އުފެއްދި ބޭންޑެކެވެ.

ބޭންޑުގެ ރިދަމް ގިޓަރިސްޓުގެ އިތުރުން މެލްކަމް ޔަންގް ވަނީ ގިނަ ލަވަތަކެއްވެސް ލިޔެފައެވެ. އޭގެ އިތުރުން އޭނާއަކީ ޕްރޮޑިއުސަރެއްވެސްމެއެވެ.

އޭސީޑީސީގެ މަޝްހޫރު ލީޑު ލަވަކިޔުންތެރިޔާ ބޮން ސްކޮޓް މަރުވެފައިވަނީ 1980 ވަނަ އަހަރުގައެވެ. އޭނާއަށް ފަހަށް ބޭންޑުގެ ލީޑް ވޯކަލްސް ގޮތުގައި ގުޅިފައިވަނީ ބްރަޔަން ޖޯންސަންއެވެ.