Last Updated: June 19, 18:13
Friday, June 19, 2026
ޚަބަރު

14 ބުރީގެ 62 ޓަވަރު އަޅައި، 80،000 މީހުންނަށް ބޯހިޔާވަހިކަން

ހުޅުމާލޭގައި 14 ބުރީގެ 62 ޓަވަރު އަޅައި 80 ހާސް މީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށް ދިނުމަށް ބިޔަ މަޝްރޫއެއް ރައީސް އަބްދުﷲ ޔާމީން އިފްތިތާހުކޮށްދެއްވައިފި އެވެ.

"ހިޔާ"ގެ ނަމުގައި ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ރައީސް ޔާމީން ވިދާޅުވީ މި މަޝްރޫއު 2019 ވަނަ އަހަރަށް މުޅިން ނިންމާލެވޭނެކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ މި ޓަވަރުތައް އަޅަނީ ސަރުކާރުގެ އެކި ކުންފުނިތަކުން ކަމަށާއި އޭގެތެރެއިން ބައެއް ފްލެޓްތައް އާއްމު ރައްޔިތުންނަށް ދޫކުރާއިރު އަނެއްބައި ނަގާނީ އެ އިމާރާތް ކުރާ ކުންފުނިން ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ ހުޅުމާލޭގައި ކުރިއަށްގެންދާ ބޯހިޔާވަހި ކަމުގެ އެކި މަޝްރޫއުތަކުން ދެ ލައްކައެއްހާ މީހުންނަށް ބޯހިޔާވަހިކަން ލިބޭނެ ކަމަށެވެ.