Last Updated: June 16, 19:23
Tuesday, June 16, 2026
ޚަބަރު

ޕޮގްބާ ޔުނައިޓެޑަށް ތަފާތު ދައްކާލައިފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ޔުނައިޓެޑާއި ނިއުކާސަލް ޔުނައިޓެޑު ބައްދަލުކުރި މެޗު 1-4 އިން ޔުނައިޓެޑު ކާމިޔާބުކޮށްފިއެވެ.

އަނިޔާގެ ސަބަބުން ގިނަ ދުވަސްތަކެއް ކުޅުމާއި ދުރުގައި ހުރުމަށްފަހު އެނބުރި އައި ޕޮގްބާގެ ފަރާތުން ރޭ ވަނީ މޮޅު ކުޅުމެއް ފެނިގެން ގޮސްފައެވެ. ޕޮގްބާގެ އެސިސްޓަކާއި ގޯލެއް ރޭ ފެނިގެން ގޮސްފައިވާއިރު ޓީމުގެ ކުޅުން ވަނީ ޕޮގްބާގެ އެނބުރިއައުމާއެކު ރަނގަޅު ވެފައެވެ.

މެޗުގެ ފުރަތަމަ ގޯލު ނިއުކާސަލް އިން ޖަހައި ލީޑު ނެގި ނަމަވެސް ޔުނައިޓެޑު ފުރަތަމަ ހާފު ނިންމާލީ ކުރީގައި އޮވެގެންނެވެ. 14 ވަނަ މިނެޓުގައި ނިއުކާސަލްގެ ފުރަތަމަ ގޯލު ޖެހީ ގޭލްއެވެ. ޔުނައިޓެޑުން ނަތީޖާ އެއްވަރު ކުރީ 37 ވަނަ މިނެޓުގައެވެ.

ޕޮގްބާގެ ހުރަހަކުން މާޝިއަލް ޔުނައިޓެޑަށް އެއްވަރުކޮށްދީފައިވާއިރު 45 ވަނަ މިނެޓުގައި ލީޑު ނަގާދިނީ ޑިފެންޑަރު ސްމޯލިންއެވެ. ދެވަނަ ހާފުގައި ޔުނައިޓެޑުން މެޗުގެ ފުރިހަމަ ކޮންޓްރޯލް ނަގައި އިތުރު ދެލަނޑު ޖެހިއެވެ. ޕޮގްބާއާއި ލުކާކޫގެ ފަރާތުން ފެނިގެން ދިޔަ ދެ ގޯލާއެކު ޔުނައިޓެޑަށް ވަނީ ތިން ޕޮއިންޓު ކަށަވަރުވެފައެވެ.

އަނިޔާގެ ސަބަބުން 7 މަސް ދުވަހު ކުޅުމާއި ދުރުގައި ހުރުމަށްފަހު އެނބުރި އައި އިބްރަހިމްވޮޗް ވެސް ވަނީ ރޭގެ ފަހު 15 މިނެޓުގައި ކުޅެފައެވެ.