Last Updated: June 16, 19:23
Tuesday, June 16, 2026
ޚަބަރު

ރައްޔިތުން ބޭނުމީ ރަށުގައި ފުދުންތެރި ދިރިއުޅުމެއް: އަލީ

ރައްޔިތު މީހާގެ މުސާރައިގެ %85 ކުލީގެ ގޮތުގައި ފްލެޓަށް ދެއްކުމަށް ރައްޔިތުން ބޭނުން ނުވާ ކަމަށާއި ގިނަ ރައްޔިތުން ބޭނުންވަނީ އަމިއްލަ ރަށުގައި ފުދުންތެރި ދިރިއުޅުމެއް އުޅެން ކަމަށް ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވިދާޅުވެއްޖެއެވެ.

އަލީ ހުސެއިން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ތޮށްޖެހިފައިވާ މާލެއަށް އެންމެން އައުމަށް ރައީސް ޔާމީން ވިދާޅުވި ނަމަވެސް ގިނަ ރައްޔިތުން އެގޮތަށް ދިރިއުޅެން ބޭނުން ނުވާ ކަމަށެވެ.

ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހުޅުމާލޭގައި މިހާރުވެސް ކުރިއަށްދާއިރު އިދިކޮޅު ފަރާތްތަކުން އަންނަނީ ސަރުކާރުގެ މާލެ ތަރައްގީ ކުރުމުގެ ސިޔާސަތު އަދިވެސް ބަދަލުވެފައި ނުވާ ކަމަށެވެ.

ރައީސް ޔާމީނުގެ ވެރިކަމަށް ހަތަރު އަހަރު ފުރުމުގެ މުނާސަބަތުގައި ސަރުކާރަށް ތާއީދު ކުރާ ފަރާތްތަކުން އަންނަނީ ރާއްޖޭގެ އެކި ކަންކޮޅުތައް ތަފާތުކުރުމެއް ނެތި މިސަރުކާރުން އަންނަނީ ތަރައްގީ ކުރަމުން ކަމަށާއި މާލެއާ އެއް ފެންވަރަށް އަތޮޅުތެރެވެސް ތަރައްގީ ކޮށްފައިވާ ކަމަށެވެ.