މިއޮތީ ސައިންސް-ފިކްޝަންގެ ފޭނުންނަށް ވަރަށް އުފާވެރި ޚަބަރެކެވެ.
ޑިޒްނީ އިން އުފައްދާ ސައިންސް ފެންޓަސީ އެޑްވެންޗާ ފިލްމް ކަމަށްވާ "އަ ރިންކަލް އިން ޓައިމް" ގެ ރަސްމީ ޕޯސްޓަރު ނެރެފި އެވެ.
މިއީ މޭޑަލިން ލިންގަލް ލިޔެ 1962 ވަނަ އަހަރު ނެރުނު ފޮތް، "އަ ރިންކަލް އިން ޓައިމް"ގެ މައްޗަށް ބިނާކޮށް އުފައްދާ ފިލްމެކެވެ.
މި ފިލްމްގެ ރަސްމީ ޓްރެއިލާ މިރޭ ބާއްވާ އެމެރިކަން މިއުޒިކް އެވޯޑްސް ހަފްލާގައި ލޯންޗް ކުރުމަށް ހަމަޖެހިފައިވާ ކަމަށްވެސް ފިލްމްގެ ރަސްމީ ޕޭޖުން ވަނީ ހާމަކޮށްފަ އެވެ.
އޭވާ ޑުވާނޭ ޑައިރެކްޓް ކޮށްފައިވާ މި ފިލްމުން ފެނިގެންދާނެ ތަރިންގެ ތެރޭގައި އޯޕްރާ ވިންފްރީ، ރީސް ވިތާސްޕޫން، މިންޑީ ކެލިންގް އަދި ޒެކް ގާލިފަނާކިސް އަދި ކްރިސް ޕައިން ހިމެނެއެވެ.
މި ފިލްމް ރިލީޒް ކުރުމަށް ހަމަޖެހިފައި ވަނީ މާޗް 9، 2018 ގަ އެވެ.