Last Updated: June 16, 19:23
Tuesday, June 16, 2026
ޚަބަރު

ފާޑުކިޔުންތައް އަމާޒުވުމުން ހަމަހަމަކަން ގާއިމުކުރާނެ ކަމަށް ވިދާޅުވެއްޖެ

ފޮޓޯ-މިހާރު

ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ދިރާސާކުރާ ކޮމިޓީގައި ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ދެއްކެވި ވާހަކައާ ގުޅިގެން ބޮޑެތި ފާޑުކިޔުންތައް އަމާޒުވުމުން ތަރައްގީ ގެނައުމުގައި ހަމަހަމަކަން ގާއިމުކުރާނެ ކަމަށް ވިދާޅުވެއްޖެއެވެ.

ބަޖެޓު ދިރާސާ ކުރާ ކޮމީޓީގައި މިނިސްޓަރު ވަނީ ބަޖެޓަށް ވޯޓު ނުދެއްވާ މެމްބަރުން ތަމްސީލުކުރާ ދާއިރާތަކުގައި ތަރައްގީގެ މަޝްރޫއުތައް ހިންގަން ދަތިވާނެ ކަމަށް ބުނެފައެވެ.

މުނައްވަރުގެ މިވާހަކަތަކާ ގުޅިގެން ތަރައްގީ ގެނައުމުގައި މިސަރުކާރުން ބޭއިންސާފު އިސްކުރާ ކަމަށްބުނެ އެތައް ބަޔަކު ވަނީ ފާޑުކިޔާފައެވެ. އޭގެ ސަބަބުން ރޭ ޕީއެސްއެމްގެ ޕްރޮގްރާމަކަށް ދެއްވި އިންޓަވިއުއެއްގައި މުނައްވަރު ވަނީ އެއްވެސް ރަށެއް ނުވަތަ ދާއިރާއެއް ތަރައްގީ ކުރުމުގައި ތަފާތުކުރުމެއް ނުގެންގުޅޭނެ ކަމަށެވެ.

އިތުރަށް ވިދާޅުވަމުން މިނިސްޓަރު ވަނީ މިދިޔަ ހަތަރު އަހަރުތެރޭގައިވެސް ބަޖެޓަށް ވޯޓަށް ނުދެއްވާ މެމްބަރުން ތަމްސީލު ކުރައްވާ ދާއިރާތަކަށް ސަރުކާރުން ތަރައްގީ ގެނެސްފައިވާކަން ފާހަގަކޮށްފައެވެ.

ރައްޔިތުންނަށް ކޮށްދޭން ޖެހޭ ކަމެއް ކުރުމުގައި ފަހަތަށް ޖެހިފައިނުވާނެ ކަމަށް މުނައްވަރު ވިދާޅުވިއެވެ. މިސާލު ޖައްސަވަމުން ގ.ދ ތިނަދޫ އާއި އައްޑޫ ސިޓީ އަށް ބޮޑެތި ޚަރަދުތަކެއް ކޮށް، ތަރައްގީގެ ގިނަ މަޝްރޫއު ހިންގަވާފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.