Last Updated: June 16, 19:23
Tuesday, June 16, 2026
ޚަބަރު

"ހައްގުވާ މިންވަރު ޔަގީން ނުވާ ބަޖެޓަކަށް ވޯޓެއް ނުދެވޭނެ"

އައްޑޫ ރައްޔިތުންނަށް ހައްގުވާ މިންވަރު ޔަގީން ނުވާ ބަޖެޓަކަށް ވޯޓު ނުދެވޭނެ ކަމަށް ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

ނިޒާރު ކުރި ޓުވީޓެއްގައި ބުނެފައިވަނީ ކުރީ ބަޖެޓުންވެސް އައްޑޫ ރައްޔިތުންނަށް ހައްގުވާ މިންވަރު އެނގިފައިނުވާ ކަމަށެވެ. އެހެންކަމުން މިފަހަރު ހުށައަޅާފައިވާ ބަޖެޓަށް ވޯޓު ނުދެވޭނެ ކަމަށް އޭނާ ބުނެފައިވެއެވެ.

ދައުރު ނިމިގެންދާނީވެސް ރައީސް ޔާމީންގެ ސަރުކާރުން ހުށައަޅާ ބަޖެޓަކަށް ވޯޓު ނުދީ ކަމަށް ނިޒާރު ވިދާޅުވިއެވެ. މިއަހަރުގެ ބަޖެޓުގައި ހިތަދޫ ޓާޝިއަރީ ހޮސްޕިޓަލްގެ ގޮތުގައި އީސީސީ އިމާރާތުގައި ހޮސްޕިޓަލް އެޅުމަށް ކަނޑައަޅާފައިވެއެވެ.

ހައުސިން މިނިސްޓަރު މުއިއްޒު ވިދާޅުވީ 2018 ވަނަ އަހަރުގެ ތެރޭގައި ހޮސްޕިޓަލު ނިމިގެންދާނެ ކަމަށެވެ.