Last Updated: June 28, 23:21
Sunday, June 28, 2026
މުނިފޫހިފިލުވުން

"ކެޕްޓަން ނަވާބް" ގެ ޝޫޓިން ފަށައިފި

ބޮލީވުޑްގެ "ސީރިއަލް ކިލާ" ގެ ނަމުން މަޝްހޫރުވެފައިވާ އިމްރާން ހާޝްމީ އޭނާގެ ކުރިއަށް އޮތް ފިލްމް "ކެޕްޓަން ނަވާބް" ގެ ޝޫޓިން ފަށައިފި އެވެ.

އިމްރާން އެންމެ ފަހުން ފެނިގެން ގޮސްފައި ވަނީ "ބާދްޝާހޯ" އިން ކަމުގައިވާއިރު، "ކެޕްޓަން ނަވާބް" ގައި އޭނާ އަދާކުރާނީ ހަނގުރާމަވެރިއެއްގެ ރޯލެވެ. މިއީ އޭނާ މިފަދަ ރޯލެއް ކުޅޭ ފުރަތަމަ ފަހަރެވެ.

އިމްރާން ވަނީ ޓްވިޓާ މެދުވެރިކޮށް މި ފިލްމްގެ ޝޫޓިން ފެށިފައިވާކަން އާންމުކޮށްފަ އެވެ.

އިމްރާން ހާޝްމީ އަމިއްލައަށް ޕްރޮޑިއުސްކޮށް ޓޯނީ ޑި'ސޫޒާ ޑައިރެކްޓް ކުރާ މި ފިލްމްގެ ޝޫޓިން ފަށާފައި ވަނީ މިއަދެވެ.