20 އަހަރުގެ ބްރޭކަކަށްފަހު ޖޯޖް ކްލޫނީ އަނެއްކާވެސް ޓީވީ ސީރީސްއަކުން ފެންނަން އުޅޭކަމުގެ ޚަބަރުތައް ފެތުރެން ފަށައިފި އެވެ.
ވެރައިޓީ އިން ރިޕޯޓް ކުރާ ގޮތުގައި ޖޯޖް ކްލޫނީ ފެނިގެންދާނީ މިނީސީރީސް އެއް ކަމުގައިވާ "ކެޗް-22" އިންނެވެ. މި ސީރީސް އަކީ 1961 ވަނަ އަހަރު މިނަމުގައި ޝާއިރު ކުރެވުނު ވާހަކައެއްގެ މައްޗަށް ބިނާކޮށް އުފައްދާ ސީރީސް އެކެވެ.
އުމުރުން 56 އަހަރުގެ ކްލޫނީ މި ސީރީސްގައި އަދާކުރާނީ ޔޯސާރިއަންގެ ކޮމާންޑަރު، ކާނަލް ކެތުކާޓްގެ ރޯލެވެ.
މި ސީރީސްގެ އެގްޒެކެޓިވް ޕްރޮޑިއުސަރަކީ ގްރާންޓް ހެސްލޯ އެވެ. އަދި މި ސީރީސް ޑައިރެކްޓް ކުރާނީ ހެސްލޯ އާއި ކްލޫނީ އެވެ.
"ކެޗް-22" ގެ އެޕިސޯޑްތައް ލިޔެފައި ވަނީ ޑޭވިޑް މިޗޯޑް އާއި ލޫކް ޑޭވީސް އެވެ. ލޫކް އާއި ޑޭވިޑް އަކީވެސް ސީރީސްގެ އެގްޒެކެޓިވް ޕްރޮޑިއުސަރުންނެވެ.