Last Updated: June 28, 23:21
Sunday, June 28, 2026
ދުނިޔެ

ބިރިޔާނީ ނުކެއްކުމުން އަނބިމީހާ ގެއިން ނެރެލައިފި

އިންޑިއާގެ ތެލަންގާނާ އަށް ނިސްބަތްވާ އަންހެނަކު އޭނާގެ ފިރިމީހާ އަށް ބިރިޔާނީ ކައްކާދިނުމާއި ދެކޮޅު ހެދުމުން ގެއިން ބޭރުކޮށްލައިފި އެވެ.

އެ އަންހެން މީހާ ބުނެފައިވާ ގޮތުގައި ކޮންމެ ރެއަކު އޭނާގެ ފިރިމީހާ މަސްތުވެފައިވާ ހާލަތުގައި ގެއަށް އައިސް ބިރިޔާނީ ކެއްކުމަށް އަމުރުކުރާ ކަމަށެވެ. އަދި އޭނާ އެކަމަށް އިންކާރު ކުރުމުން އޭނާ ގައިގައި ތަޅާ އަނިޔާ ކުރާ ކަމަށެވެ.

މި ހަފްތާގެ ކުރީކޮޅު އެ އަންހެން މީހާ އާއި އޭނާގެ އާއިލާއިން ވަނީ އޭނާގެ ފިރިމީހާގެ ގެއަށް ވަނުމުގެ ހުއްދަ ލިބެންޖެހޭނެ ކަމަށް ބުނެ އެކަމަށް ދައުވާކޮށްފަ އެވެ.

އެހެންނަމަވެސް އޭނާގެ ފިރިމީހާ ވަނީ ކައިވެންޏަށް އަންހެން މީހާގެ އާއިލާގެ ފަރާތުން ލިބުނު މުދާ މަދު ކަމަށާއި ބޭނުންވާ އެއްޗެހި ކައްކައި ނުދޭކަމަށް ބުނެ އޭނާ ދޫކޮށްލާފައެވެ.