Last Updated: June 16, 18:00
Tuesday, June 16, 2026
ޚަބަރު

ފުވައްމުލަކު އެކްސިޑެންޓެއްގައި 15 އަހަރުގެ ކުއްޖަކު މަރުވެއްޖެ

ފުވައްމުލަކުގައި އެކްސިޑެންޓްގައި ހިނގި ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަނީ -- ފޮޓޯ: ޕޮލިސް

ފުވައްމުލަކު ސިޓީގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި އަނިޔާވި އެކަކު ފަރުވާދެމުން ދަނިކޮށް މަރުވެއްޖެއެވެ.

މިރޭ 19:15 އެހާކަށްހާއިރު ހިނގި މިއެކްސިޑެންޓުގައި އިތުރު މީހަކަށްވެސް ވަނީ އަނިޔާވެފައެވެ. އެކްސިޑެންޓު ހިނގާފައިވަނީ އެރަށު އެއާޕޯޓު ކައިރިންނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި އެކްސިޑެންޓްގައި ތިން މީހަކަށް އަނިޔާވެ އެކަކު ވަނީ ހާދިސާގައި ނިޔާވެފައެވެ. ނިޔާވެފައިވަނީ އެރަށު މާލެގަން، ފެންފޮނޮޅު އުމުރުން 15 އަހަރުގެ މުޠީއުއެވެ.

މިހާދިސާގައި ދެން އަނިޔާވެ ފަރުވާ ދެމުން ދަނީ އުމުރުން 17 އަހަރުގެ ކުއްޖަކަށާއި 19 އަހަރުގެ ކުއްޖެއް ކަމަށެވެ. އެ ކުދިންނަށްވެސް ސީރިއަސް އަނިޔާތަކެއް ވަނީ ލިބިފައެވެ.