Last Updated: May 16, 17:43
Thursday, May 16, 2024
ޚަބަރު

"ކޮމިއުނިޓީ އެންގޭޖްމަންޓް ސްކޮލަޝިޕް" އަށް ފުރުސަތު ހުޅުވާލައިފި

"ކޮމިއުނިޓީ އެންގޭޖްމަންޓް ސްކޮލަޝިޕް" އަށް ކުރިމަތިލުމުގެ ފުރުސަތު އަނެއްކާ ވެސް ހުޅުވާލައިފި އެވެ.

ވިލާ ކޮލެޖާއި އައްޑޫ ސިޓީ ކައުންސިލާ ދެމެދު ސޮއި ކުރެވުނު ފަހުމުނާމާއެއްގެ ދަށުން ތަޢާރަފު ކުރި "ކޮމިއުނިޓީ އެންގޭޖްމަންޓް ސްކޮލަޝިޕް" އަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހުގެ 14 ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.

މި ސްކޮލަޝިޕަކީ ވިލާ ކޮލެޖުގެ ހިތަދޫ ކެމްޕަހުގައި ކިޔަވަމުންދާ ދަރިވަރުންގެ ޢަދަދަށް ނިސްބަތްކޮށް، އައްޑޫގެ ދެ ފަރާތަކަށް ހުޅުވާލެވުނު ހިލޭ ކިޔެވުމުގެ ދެ ފުރުޞަތެވެ.

ސްކޮލަޝިޕަށް އެދޭ ފޯމް އަދި ސްކޮލަޝިޕާ ގުޅޭ މަޢުލޫމާތު ޝީޓް ކައުންސިލް އިދާރާގެ ކައުންޓަރުން އަދި ކައުންސިލްގެ ވެބްސައިޓުން ލިބެން ހުންނާނެ އެވެ.

އިތުރު މަޢުލޫމާތު ކައުންސިލްގެ އިދާރާގެ ނަންބަރު 6888820 ފޯނަށް ގުޅައިގެން ހޯދޭނެ އެވެ.