Last Updated: April 23, 16:26
Tuesday, April 23, 2024
ޚަބަރު

އައްޑޫގެ ތިން ތަނެއްގެ ނަން ބަދަލުކޮށްފި

އައްޑޫ ސިޓީގެ އާންމު ބައެއް ތަންތަނުގެ ނަން ސިޓީ ކައުންސިލުން ބަދަލުކޮށް އިއުލާންކޮށްފިއެވެ.

އެގޮތުން ކުޅިއަކާއި މަރަދޫ މައިޒާނެއްގެ އިތުރުން ހިތަދޫ އުތުރު ދާއިރާގެ ޖިމްސެޓް ހުރި ތަނުގެ ނަން ކައުންސިލުން ވަނީ ބަދަލުކޮށްފައެވެ.

ހިތަދޫ މާކިޅި ކައިރީގައި ހަދާފައި ހުރި އައްސޭރިއަށް ކައުންސިލުން ވަނީ "މާކިޅި އައްސޭރި ފިނި މައިޒާން" ގެ ނަން ދީފައެވެ. މަރަދޫފޭދޫ ރައްޔިތުންގެ ހިޔާއަށް ކިޔާ ނަން "އިސްރަށްވެހިންގެ ހިޔާ" އަށްވެސް މިއަދު ކައުންސިލުން ވަނީ ބަދަލުކޮށްފައެވެ.

އަދި ހިތަދޫ އުތުރު ދާއިރާގެ ޖިމްސެޓު ބަހައްޓާފައި ހުރި ތަނުގެ ނަން ބަދަލުކޮށްފައިވަނީ "ކުދުވާޑެ ޖިމު" މި ނަމަށެވެ. މިތިން ތަނުގެ ނަން ކައުންސިލުން ބަދަލުކުރުމަށް ނިންމާފައިވާއިރު ގިނަ ބަޔަކު ޕިކްނިކު ހެދުމަށްދާ ގައުކެނޑި ބްރިޖުގެ ނަން ބަދަލުނުކުރުމަށް ކައުންސިލުން ވަނީ ނިންމާފައެވެ.