Last Updated: June 8, 15:03
Monday, June 8, 2026
ޚަބަރު

ޒެފިއާ ކަޕްގެ ގުރުލުން ބާއްވައިފި

"އެލެކްސް އިންވެސްޓަމަންޓް ޒެފިއާ ފުޓްސަލް ކަޕް 2017"ގެ ގުރުލުމުގެ ތެރެއިން. ފޮޓޯ: މުހައްމަދު ނިހާދު

ހިތަދޫގެ ޖަމިއްޔާއެއް ކަމުގައިވާ އެފްސީ ޒެފިއާއިން އިންތިޒާމުކޮށްގެން ބާއްވާ "އެލެކްސް އިންވަސްޓްމަންޓް ފުޓްސަލް ކަޕް2017"ގެ ގުރުލުން ރޭ ބާއްވައިފިއެވެ.

މި މުބާރާތުގައި ޖުމްލަ 10 ޓީމު ބައިވެރިވެފައިވާއިރު މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 2 ގްރޫޕަކަށް ބަހާލައިގެންނެވެ. ކޮންމެ ގްރޫޕަކުން އެންމެ ގިނަ ޕޮއިންޓް ހޯދާ 2 ޓީމަކަށް ސެމީ ފައިނަލްގެ ޖާގައެއް ކަށަވަރުވާނެއެވެ.

މުބާރާތުގައި ހިތަދޫއަށް ނިސްބަތްވާ 8 ޓީމެއް ވަނީ ބައިވެރިވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ، ސުއްޓާލައިން، އެފްސީ އުސްގަނޑަ، އެފްސީ އަފިރިން، އެފްސީ ގައްލީށާ އަދި ކޮށިފަންނަ، އެފްސީ ބޭރުމަތި، އެފްސީ ސްކޫޕް، އެފްސީ ފެލްކަންސް އަދި މަލްޓި ޖީނިއަސް އެވެ.

މުބާރާތުގައި ދެން ބައިވެރިވެފައިވަނީ މަރަދޫފޭދޫ އަށް ނިސްބަތްވާ އެފްސީ އަފިރިން އަދި މީދޫގެ ގައުމު އެފްސީއެވެ.

ގްރޫޕް އޭ

1.ސުއްޓާލައިން
2. އެފްސީ އުސްގަނޑަ
3. އެފްސީ އަފިރިން
4 އެފްސީ ގައްލީށާ
ކޮށަފަންނަ

ގްރޫޕް ބީ

1. އެފްސީ ބޭރުމަތި
2.އެފްސީ ސްކޫޕް ކަންމަތި
3. ގައުމު އެފްސީ
4. އެފްސީ ފެލްކަންސް
5. މަލްޓި ޖީނިއަސް

މުބާރާތުގެ ފުރަތަމަ މެޗް އޮންނާނީ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހުގެ ހަވީރު 4 ޖަހާއިރުއެވެ. އެ މެޗްގައި ބައްދަލުކުރާނީ، ސުއްޓާލައިން އަދި އެފްސީ އުސްގަނޑައެވެ.

މި މުބާރާތުގެ ޗެމްޕިއަން ޓީމަކަށް 30،000 ރުފިޔާ އަދި ރަނަރަޕް ޓީމަކަށް 10،000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ހުށަހަޅާފައެވެ. މިމުބާރާތް ކުރިއަށް ދާނީ ހިތަދޫ އީދިގަލި ދަނޑުގައެވެ. އީދިގަލި ކިޅި ކައިރީ އޮންނަ މި ދަނޑުގައި ފާއިތުވި އަހަރުވެސް ޒެފިއާ އިން އިންތިޒާމް ކޮށްގެން ފުޓްސަލް މުބާރާތެއް ވަނީ ބާއްވާފައެވެ.

ޒެފިއާ ފުޓްސަލް ކަޕް2017ގެ މެއިން ސްޕޮންސަރަކީ އެލެކްސް އިންވަސްޓްމަންޓެވެ.