Last Updated: April 26, 23:59
Friday, April 26, 2024
ދުނިޔެ

ޖާނުން ފިދާވުމުގެ ހަމަލާއެއްގައި 50 މަރު

ނައިޖީރިއާގެ އިރުއުތުރުގައި އޮންނަ ރަށެއް ކަމުގައިވާ މުބީ އަށް ދިން ޖާނުން ފިދާވުމުގެ ހަމަލާއެއްގައި 50 މީހުން މަރުވެއްޖެ އެވެ.

އެނގިފައިވާ ގޮތުގައި ހަމަލާ ދީފައި ވަނީ އެ ރަށުގައި ހުންނަ މިސްކިތަކަށެވެ. ހަމަލާ ދިން ވަގުތަކީ ހެނދުނު ގިނަ އަދަދެއްގެ މީހުން އަޅުކަމުގައި ތިބި ވަގުތެވެ.

މަންޒަރު ދުށް މީހަކު އޭއެފްޕީ އަށް މަޢުލޫމާތު ދިން ގޮތުގައި ބޮމުގެ ހަމަލާ ދިން މީހާ ވެސް އެވަގުތު މިސްކިތުގައި އަޅުކަން ކުރަން ހުރި ކަމަށެވެ.

ފުލުހުން ބުނާ ގޮތުގައި ހަމަލާ ދިނީ އުމުރުން 17 އަހަރުގެ ކުއްޖެކެވެ.

މަރުވި މީހުންގެ އިތުރުން ގިނަ އަދަދެއްގެ މީހުންނަށް ވަނީ އެކި ވަރުގެ ޒަޚަމްތައް ލިބިފައެވެ. އަދި އަނިޔާ ލިބުނު މީހުން ވަނީ ފަރުވާ ދިނުމަށްޓަކައި ކައިރި ހޮސްޕިޓަލްތަކަށް ގެންގޮސްފައެވެ.

މި ހަމަލާގެ ޒިންމާ އަދި އެއްވެސް ގްރޫޕަކުން ނަގާފައި ނުވެއެވެ. އެހެންނަމަވެސް އުތުރު ނައިޖީރިއާގެ މީހުން ގިނަ ސަރަޙައްދުތަކަށް ހަމަލާ ދިނުމަކީ ބޯކޯ ހަރަމްގެ ހަނގުރާމަވެރިންގެ އާންމު ކަމެއްކަން ފާހަގަކޮށްލެވެ އެވެ.