Last Updated: April 19, 22:45
Friday, April 19, 2024
މުނިފޫހިފިލުވުން

"އިންކްރެޑިބަލްސް 2" ގެ ޓީޒާ ރެކޯޑަކަށް

ޑިޒްނީ އާއި ޕިކްޒާގެ "ދި އިންކްރެޑިބަލްސް 2" ގެ ޓީޒާއަކީ މިހާތަނަށް އެންމެ ގިނަ މީހުން ބެލި އެނިމޭޓެޑް ފިލްމް ޓީޒާ އަށް ވެއްޖެ އެވެ.

ފުރަތަމަ ފިލްމް ރިލީޒްކުރި ފަހުން 13 އަހަރު ވަންދެން ގިނަ ބަޔަކު ކުރަމުން އައި އިންތިޒާރު ނިމުމަކަށް އައިސް، "ދި އިންކްރެޑިބަލްސް 2" ގެ ޓީޒާ ލޯންޗްކޮށްފައި ވަނީ އާދިއްތަ ދުވަހު އެވެ.

ބްރެޑް ބާޑް ލިޔެ ޑައިރެކްޓްކުރި މި ފްރެންޗައިޒްގެ ފުރަތަމަ ފިލްމް ވެގެންދިޔައީ ބޮޑު ހިޓަކަށެވެ. މި ފިލްމް ބޮކްސް އޮފީހުގައި 633 މިލިއަން ޑޮލަރުގެ ފައިދާއެއް ހޯދާފައިވާ އިރު، މި ފިލްމަށް ވަނީ ބެސްޓް އެނިމޭޓެޑް ފީޗާ އޮސްކާ އެވޯޑެއް ވެސް ލިބިފައެވެ.

އީޑަބްލިއު އިން ރިޕޯޓް ކުރާ ގޮތުގައި މިހާތަނަށް "ދި އިންކްރެޑިބަލްސް 2"ގެ ޓްރެއިލާ އަށް ވަނީ 113 މިލިއަނަށްވުރެ ގިނަ ވިއުސް ލިބިފައެވެ. އެހެންކަމުން އެ ޓީޒާ ވެގެންގޮސްފައި ވަނީ މިހާތަނަށް އެންމެ ގިނަ ވިއުސް ލިބުނު އެނިމޭޓެޑް ފިލްމްގެ ޓީޒާ އަށެވެ.

"ދި އިންކްރެޑިބަލްސް 2" ރިލީޒް ކުރުމަށް ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ ޖޫން މަހުގެ ތެރޭގަ އެވެ.