Last Updated: July 25, 18:05
Saturday, July 25, 2026
ޚަބަރު

"ދެވަނަ ދައުރަަކަށް ރައީސް ޔާމީން ހުންނެވީ ހޮވިވަޑައިގެންފައި"

2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުން މިހާރު ވެސް ރައީސް އަބްދުﷲ ޔާމީން ހޮވިވަޑައިގެންފައިވާ ކަމަށް ހުޅުދޫ ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު ޝާހިދު (ޝާޑު) ވިދާޅުވެއްޖެ އެވެ

ޝާޑު މިހެން ވިދާޅުވެފައި ވަނީ، ޕީޕީއެމްގެ ޖަގަހަ، "ރުމާލު 2"ގައި ބޭއްވި ޖަލްސާ އެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

"2018 މިހާރު ވެސް ރައީސް ޔާމީން ހުންނެވީ ހޮވިވަޑައިގެންފައި. ވޯޓެއް ބާއްވަންވީ މިހާރު ވެސް." ޝާޑު ވިދާޅުވިއެވެ.

ޝާޑު ވިދާޅުވީ، އިދިކޮޅު ކޯލިޝަނުން ނިކުންނަ ބޭފުޅަކަށް ރައްޔިތުން ވޯޓު ނުދޭނެ ކަމަށެވެ. އަދި މިހާރު ވެސް ވޯޓެއް ބާއްވައިފި ނަމަ ރައީސް ޔާމީން ކާމިޔާބު ކުރައްވާނެ ކަމަށެވެ.

މީގެ އިތުރުން އިދިކޮޅު ފަރާތްތަކާއި އެމްޑީޕީ ވެސް "މުލުން ލުހެލާނެ" ކަމަށާއި އައްޑޫން ވެސް ބޮޑު މެޖޯރިޓީއެއް ޕީޕީއެމުން ހޯދާނެ ކަމަށް ޝާޑު ވަނީ ވިދާޅުވެފައެވެ.