Last Updated: April 26, 23:59
Friday, April 26, 2024
ޚަބަރު

ނިހާނު ދައްކާ ބިރަކަށް ތިނަދޫ ރައްޔިތުން ނުސިހޭނެ: އަބުޅޯ

ތިނަދޫ ދެކުނު ދާއިރާގެ މެމްބަރ އަބްދުﷲ އަހްމަދު، ފޮޓޯ: ސަން

ރައްޔިތުންގެ މަޖިލީހުގެ ވިލިމާފަންނު ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސެއިންމަނިކު ތިނަދޫ ރައްޔިތުންނަށް "ބިރުދެއްކުން" ތިނަދޫ ދާއިރާގެ ދެމެމްބަރުން ވަރަށް ބޮޑަށް ކުށްވެރިކޮށް ފާޑުވިދާޅުވެއްޖެއެވެ.

ތިނަދޫ އުތުރާއި ދެކުނު ދާއިރާގެ މެމްބަރުން، ސައުދުﷲ ހިލްމީއާއި އަހުމަދު އަބްދުﷲ(އަބުޅޯ) ވަނީ ނިހާނު ދޭ އިންޒާރަކަށް ތިނަދޫ ރައްޔިތުން ނުސިހޭނެ ކަމަށް ބުނެ ފާޑުކިޔާފައެވެ.

ތިނަދުއަށް އުފަން ނިހާން ވަނީ ރައީސް ޔާމީންގެ ސަރުކާރުގައި ތިނަދޫއަށް ކޮށްދެއްވި ކަންތައް ބަލައިނުގަންނަ ކަމަށްވާނަމަ ދެން އެފަދަ ކަންކަން ކުރައްވާއިރު ވިސްނުން ބަދަލުކުރަން ޖެހިދާނެ ކަމަށް ބުނެފައެވެ. ތިނަދޫ ރައްޔިތުން ނިހާނުގެ މިވާހަކަތަކަކީ ރަށު ރައްޔިތުންނަށް ފޮނުވި އިންޒާރެއް ކަމަށް ބުނެ ވަރަށް ބޮޑަށް ފާޑުކިޔާފައިވެއެވެ.

ނިހާނަށް ރައްދު ދެއްވަމުން މެމްބަރު އަބްދުﷲ ވިދާޅުވެފައިވަނީ ދައުލަތުގެ ބަޖެޓުން، ރައްޔިތުންގެ ފައިސާއިން ރަށަށް ކޮށްދޭ ކަންކަމަކީ ރައީސް ޔާމީންގެ "ހެޔޮފުޅުކަމުން" ކޮށްދޭ ކަންތަކެއް ނޫން ކަމަށާއި އެ މަޝްރޫއުތައް ހިންގާފައިވަނީ ތިނަދޫ މެމްބަރުންގެ "އާދޭހާއެކު" ބަޖެޓުގައި ހިމަނައިގެން ކަމަށެވެ.

އަބަދުވެސް ތިނަދޫގައި ތިބެނީ އިސްލާހަށް ލޯބިކުރާ ރައްޔިތުން ކަމަށާއި، ފާސިގުންނާއި ޚާއިނުންނާއި ބާޣީންގެ ކިބައިން މިއަދު ތިނަދޫ ވަނީ ސަލާމަތް ވެފައި ކަމަށް އަބުޅޯ ވިދާޅުވިއެވެ.