Last Updated: April 26, 23:59
Friday, April 26, 2024
ޚަބަރު

ބަޖެޓް ފާސްކުރުން ހުއްޓުވަން އެމްޑީޕީން ކޯޓަށް

އަންނަ އަހަރަށް ލަފާކުރާ ބަޖެޓު މަޖިލީހުން ފާސްކުރުން ހުއްޓުވުމަށް ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ(އެމްޑީޕީ) އިން ސުޕްރީމް ކޯޓަށް މައްސަލަ ހުށައަޅައިފިއެވެ.

ޕަބްލިކް އިންޓްރެސްޓުގެ ގޮތުގައި ސުޕްރީމް ކޯޓަށް އެމްޑީޕީން މައްސަލަ ހުށައަޅާފައިވަނީ ބަޖެޓަކީ ގާނޫނެއް ފާސްކުރާ ދަރަޖައާއި ތަފާތު ކަމަކަށްވާތީ މަޖިލީހުގެ ގަވާއިދުގެ 38 ވަނަ މާއްދާގެ ދަށުން މަޖިލީހުގެ ޖުމުލަ އަދަދުގެ ދެބައިކުޅަ އެއްބައި ހާޒިރުވެގެން ނޫނީ ވޯޓަށް ނޭހޭނެ ގޮތަށް ކަނޑައަޅައި ދިނުމަށެވެ.

މިފަހަރު ފިނޭންސް މިނިސްޓްރީން މަޖިލީހަށް ފޮނުވާފައިވަނީ ރެކޯޑު 27.9 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.

އިދިކޮޅު މެމްބަރުން ބުނަމުން ގެންދަނީ މިބަޖެޓުގެ ސަބަބުން ދައުލަތް އިތުރަށް ދަރަނިވެރި ވެގެންދާނެ ކަމަށާއި ބަޖެޓަށް ވޯޓު ނުދޭނެ ކަމަށެވެ.

ބަޖެޓު ފާސްކުރާ ކޮމީޓީއަށް އެމްއެމްއޭ އިން ފޮނުވި ލިޔުމުގައި ލަފާކޮށްފައިވާ ގޮތުން ބަޖެޓު ފާސްކޮށްފިނަމަ ދަރަނި އިތުރުވެ، ރަސްމީ ރިޒާވުން ފައިސާ ނަގަން މަޖުބޫރުވާނެއެވެ.