Last Updated: April 20, 19:35
Saturday, April 20, 2024
މުނިފޫހިފިލުވުން

ބޮލީވުޑްގެ ބަތަލާ އުރްވަޝީ ރާއްޖޭގައި

މާދަމާ ރޭ ބާއްވާ މަޓާޓޯ ޓްރެވެލްސް އެވޯޑްގައި ހާއްސަ މެހުމާނެއްގެ ގޮތުން ބައިވެރިވުމަށް ޒުވާން ބަތަލާ އަދި 2015 ގެ މީސް ޑީވާ އުރްވަޝީ ރޮޓޭލާ މިއަދު ރާއްޖެ އަތުވެއްޖެ އެވެ.

"ސަނަމް ރޭ" އާއި "ގްރޭންޑް ގްރޭންޑް މަސްތީ" ފަދަ ފިލްމްތައް ކުޅެފައިވާ 23 އަހަރުގެ ބަތަލާ ދެ ދުވަހު ރާއްޖޭގައި މަޑި ކުރާ އިރު، އޭނާ ހުންނަނީ މަޓާޓޯ ޓްރެވެލްސް އެވޯޑް ބާއްވާ އަދާރަން ސިލެކްޓް ހުދުރަންފުށީގަ އެވެ.

ދެހާސް ފަނަރަ ވަނަ އަހަރުގެ މިސް ޔުނިވާސްގައި އިންޑިއާ ތަމްސީލު ކުރި ބަތަލާ ދާދި ފަހުން ވަނީ އިނގިރޭސިވިލާތުގައި "ހޭޓް ސްޓޯރީ 4" ޝޫޓިން ނިންމާލައިފަ އެވެ. އެ ފިލްމްގައި އޭނާ ފެނިގެން ދާނީ ކަރަން ވާހީއާ އެކުގަ އެވެ.

މި އަހަރު ރިލީޒް ކުރި ރިތިކް ރޯޝަންގެ "ކާބިލް" ގެ ހާއްސަ ލަވައަކުން ވެސް ފެނިފައިވާ އުރްވަޝީގެ ކުރިއަށް ހުރި ފިލްމްތަކުގެ ތެރޭގައި އޭނާ ހާއްސަ ފެނިލުމަކުން ފެނިގެންދާ ސަލްމާން ހާންގެ "ރޭސް 3" ވެސް ހިމެނެ އެވެ.