Last Updated: March 28, 19:01
Thursday, March 28, 2024
ޚަބަރު

މިއީ ނަހަލާލް ބަޖެޓެއް: އަދާލަތު

2018 ވަނަ އަހަރަށް ސަރުކާރުން ހުށަހެޅި 27.9 ބިލިއަން ރުފިޔާގެ ބަޖެޓަކީ ނަހަލާލު ބަޖެޓެއް ކަމަށް އަދާލަތު ޕާޓީން ބުނެފިއެވެ.

އަދާލަތު ޕާޓީގެ ރަސްމީ ޓްވިޓަރ އެކައުންޓުން ކުރި ޓްވީޓެއްގައި ބުނެފައިވަނީ މިއަދަކީ، ރާއްޖޭގެ އިޤްތިސާދީ ތާރީޚުގައި ޤާނޫނާއި ޚިލާފަށް ބަޖެޓެއް ފާސްކުރި ފުރަތަމަ ފަހަރު ކަމަށެވެ.

އަދާލަތުން ބުނީ ޤާނޫނާއި ޚިލާފަށް ބަޖެޓް ފާސްކުރުމާއި އެކު 2018 ގެ ދައުލަތުގެ މާލީ ކަންކަމުގެ ގާނޫނީ ހައިސިއްޔަތު މިހާރުއްސުރެ ގެއްލިފައިވާ ކަމަށެވެ.

އަދި މިއީ ރައީސް ޔާމީނުގެ ވެރިކަމުގައި ޤައުމު ބޮއްސުން ލާފައި އޮތް މިންވަރު ހާމަކޮށްދޭ ކަމެއް ކަމަށް އަދާލަތުން ވަނީ ބުނެފައެވެ.