Last Updated: June 8, 15:03
Monday, June 8, 2026
ޚަބަރު

މިހާރު ރަށްތަކުގައި ކުރަން ޖެހޭ އެއްވެސް ކަމެއް ނެތް: ޝާޑް

ހުޅުދޫ ދާއިރާގެ މަޖިލިސް މެންބަރ ޝާޑު.

މިހާރު ރާއްޖޭގެ ރަށްތަކުގައި ކުރަންޖެހޭ އެއްވެސް ކަމެއް ނެތް ކަމަށް ހުޅުދޫ ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު ޝާހިދު ވިދާޅުވެއްޖެއެވެ.

ޕީޕީއެމުން ރޭ މާލޭގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ޝާޑު ވިދާޅުވީ، ރަށްތަކުގައި ކުރަންޖެހޭ އެއްވެސް ކަމެއް ނެތް ކަމަށާއި ހުރިހާ ރަށެއްގައި ހެން ބާރު ސްޕީޑްގައި ޕްރޮޖެކްޓްތައް ކުރިއަށްދާ ކަމަށެވެ.

ޝާޑު ވިދާޅުވީ އެފަދަ ޕްރޮޖެކްޓްތައް ކުރިއަށް ދަނީ ރައީސް ޔާމީންގެ ހިކްމަތްތެރިކަމާއި އެމަނިކުފާނަކީ އިގްތިސާދީ މާހިރަކަށް ވުމުގެ ސަބަބުން ކަމަށެވެ.

މީގެ އިތުރުން ޝާޑު ވިދާޅުވީ، މި ރާއްޖޭގައި މީގެ ކުރިން ވެސް ވެރިކަން ކުރި ބަޖެޓް ވެސް ހުށަހެޅި ކަމަށާއި އަދި މީގެ ކުރިން ސަރުކާރުތަކުން ރައްޔިތުންނަށް އުފާވެރިކަން ގެނެސްދެވިފަައި ނުވާ ކަމަށެވެ.

އެހެން ނަމަވެސް، އެ އުފާވެރިކަން ގެނެސްދެއްވީ ރައީސް އަބްދުﷲ ޔާމީން ކަމަށެވެ.