Last Updated: June 8, 13:26
Monday, June 8, 2026
ޚަބަރު

ކޯޓް އަމުރާ ނުލައި ދެން މި ސަރުކާރު ނުދެމެހެއްޓޭނެ: އަމީތު

ކޯޓު އަމުރާ ނުލައި ދެން މި ސަރުކާރު ނުދެމެހެއްޓޭނެ ކަމަށް މަޑުއްވަރީ ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު އަމީތު ވިދާޅުވެއްޖެއެވެ.

އަމީތު މިހެން ވިދާޅުވެފައި ވަނީ، އިދިކޮޅު ފަރާތްތަކުން ތިނަދޫގައި ހަރުކޮށްފައިވާ ޕޯސްޓަރުތައް ނެގުމަށް ކޯޓު އަމުރެއް ނެރުމާއި ގުޅިގެންނެވެ.

ކޯޓު އަމުރެއްގެ ދަށުން ފުލުހުން ނަގާފައި ވަނީ، ތިނަދޫ އުތުރު ދާއިރާގެ ސައުދުﷲ ހިލްމީ އާއި ތިނަދޫ ދެކުނު ދާއިރާގެ އަބްދުﷲ އަހްމަދު (އަބުޅޯ) ގެ ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ނުގެއްލޭ ކަމަށް ލިޔެފައިވާ ޕޯސްޓަރުތަކެކެވެ. އެ ޕޯސްޓަރުތަކުގައި ލިޔެފައިވަނީ، ސައުދުﷲ އާއި އަބުޅޯގެ ގޮނޑި ނުގެއްލޭ ކަމަށް ބާރު ލިބޭ ގޮތަށް ހުރި، ގާނޫނުއަސާސީގެ މާއްދާތަކެވެ.

އަމީތު ވިދާޅުވީ، ތަރައްގީގެ ނަމުގައި ކޮރަޕްޝަނާއި ފަސާދަ އާއްމުކޮށް ބޮޑުން މުއްސަނދިކޮށް، ރައްޔިތުން ނިކަމެތި ކޮށްގެން ތާއީދެއް ނުލިބޭނެ ކަމަށެވެ.

އަދި ތިނަދޫގައި މިރޭ އިދިކޮޅު ފަރާތްތަކުން ބޭއްވުމަށް ހަމަޖެހިފައިވާ ޖަލްސާއަށް، އެކި ގޮތްގޮތުން ކުރިމަތިވަމުންދާ ހުރަސްތަކަށް އިޝާރާތް ކުރައްވައި އަމީތު ވިދާޅުވީ، އެ ޖަލްސާ ނުހުއްޓުވޭނެ ކަމަށެވެ.