Last Updated: June 16, 14:01
Tuesday, June 16, 2026
ޚަބަރު

ދިފާއީ ހެކި ހުށަހަޅަން ބޭއްވި އިބްރާހިމްދީގެ ޝަރީއަތް ކެންސަލް

ޖެނެރަލް އިބްރާހިމް ދީދީ، ފޮޓޯ: މިހާރު

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ދީދީއާ ދެކޮޅަށް ދައުލަތުން އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާގައި ދިފާއީ ހެކި ހުށައެޅުމަށް ބޭއްވި ޝަރީއަތުގެ އަޑުއެހުން ކެންސެލް ކޮށްފިއެވެ.

މިއަދު ހެނދުނު 11:00 ގައި ބޭއްވުމަށް ތާވަލުކުރި އަޑުއެހުން ކެންސެލްކޮށްފައިވަނީ ދައުލަތުގެ ފަރާތުން ޕީޖީގެ ވަކީލު ރާއްޖޭގައި ހާޒިރުވެ ނެތުމުން ކަމަށް ކޯޓުން މައުލޫމާތު ދީފައިވެއެވެ.

އިބްރާހިމްދީގެ މައްޗަށް ދައުލަތުން ޓެރަރިޒަމްގެ ދައުވާ އުފުލީ ކުރީގެ ރައީސް، މުހައްމަދު ނަޝީދުގެ ވެރިކަމުގައި އޭރު ކްރިމިނަލް ކޯޓުގެ އިސް ގާޒީގެ މަގާމުގައި ހުންނެވި އަބްދުﷲ މުހައްމަދު ހައްޔަރުކޮށް އެކަހެރިތަނެއްގައި ބެހެއްޓި މައްސަލާގައެވެ.

އޭރު އެމްއެންޑީއެފްގެ މާލޭ އޭރިޔާ ކޮމާންޑަރުގެ މަގާމުގައި ހުންނެވި އިބްރާހިމްދީ ވަނީ އޭނާއާ ދެކޮޅަށް އުފުލާފައިވާ ދައުވާއަށް ތަކުރާރުކޮށް އިންކާރުކޮށްފައެވެ. ޖެނެރަލް ދީދީ ވިދާޅުވީ މައްސަލަ ބޭރުކޮށްފައިވަނިކޮށް އަލުން ކޯޓަށް މައްސަލަ ވެއްދީ ސިޔާސީ ބޭނުމެއްގައި ކަމަށެވެ.