Last Updated: June 28, 20:14
Sunday, June 28, 2026
މުނިފޫހިފިލުވުން

"ޖުރެސިކް ވޯލްޑް: ފޯލެން ކިންގްޑޮމް" ގެ ދައްކާލުމެއް

ޖުރެސިކް ވޯލްޑް ފްރެންޗައިޒްގެ ފަސްވަނަ ފިލްމް ކަމުގައިވާ "ޖުރެސިކް ވޯލްޑް: ފޯލެން ކިންގްޑޮމް" ގެ ޓީޒާ ޓްރެއިލާ ލޯންޗްކޮށްފި އެވެ.

މި ޓީޒާ އިން ފެނިގެންދަނީ ކްރިސް ޕްރެޓް ޅަ ޑައިނަސޯއަކާއި ރަހުމަތްތެރިވާ މަންޒަރެވެ. މީގެ ކުރިން ނެރުނު މި ފްރެންޗައިޒްގެ ފިލްމްތަކާއި ޚިލާފަށް މިފަހަރު ނެރުނު ޓީޒާ އެހާ ބިރުވެރިއެއް ނޫނެވެ. އެހެންނަމަވެސް ފިލްމްގެ އިތުރު ތަފްސީލްތައް އެނިގެންދާނީ ކުރިއަށް އޮތް ތަނުގައި ރިލީޒް ކުރާ ޓްރެއިލާތަކުންނާއި ޕޯސްޓަރުތަކުންނެވެ.

ގިނަ ރިޕޯޓްތައް ބުނާގޮތުން މީގެ ކުރިން "ޖުރެސިކް ވޯލްޑް" ފިލްމްތަކުގައި ދައްކާފައިވާ މަންޒަރުތަކާއި ޚިލާފަށް މިފަހަރުގެ ފިލްމުން ފެނިގެންދާނީ ޖަނަވާރުންނާއި މެދު އޯގާތެރިކޮށް ކަންތައްކުރުމުގެ މުހިންމުކަމެވެ.

ޑރ. އިއާން މެލްކޮމްގެ ރޯލުން ޖެފް ގޯލްޑްބްލަމް ފެނިގެންދާނެ "ޖުރެސިކް ވޯލްޑް: ފޯލެން ކިންގްޑޮމް" ރިލީޒް ކުރުމަށް ހަމަޖެހިފައި ވަނީ 22 ޖޫން 2018 ގައެވެ.