Last Updated: June 28, 20:14
Sunday, June 28, 2026
ދުނިޔެ

ދަރިވަރަކު އަމިއްލައަށް މަރުވުމުން ކެމްޕަހުއި ރޯކޮށްލައިފި

އިންޑިއާގެ ޔުނިވާސިޓީއެއްގެ ދަރިވަރަކު އިމްތިހާނުގައި މަކަރު ހަދަނިކޮށް ފެނުމުން، އިމްތިހާން ހޯލުން ބޭރުކޮށްލުމުން އަމިއްލައަށް ދަންޖެހިގެން މަރުވެއްޖެ އެވެ.

އެކުއްޖާ މަރުވިކަމުގެ ޚަބަރު ފެތުރުމާއެކު ޔުނިވާސިޓީގެ ދަރިވަރުންތައް ހަމަނުޖެހުންތައް އުފައްދަން ފެށިއެވެ. ރިޕޯޓްތައް ބުނާގޮތުން ޗެންނާއިގެ ސަތްޔަބާމާ ޔުނިވާސިޓީގެ ދަރިވަރުންތަކެއް ވަނީ ބުދަ ދުވަހުގެ ރޭ ދަންވަރު އެ ކެމްޕަސްގެ ފަރުނީޗަރުގައި އަލިފާން ރޯކޮށްލާފައެވެ.

އެގޮތުން ހަޅުތާލު ހެދި ދަރިވަރުން ބުނި ގޮތުގައި އެ އަންހެން ކުއްޖާ މަރުވީ ޔުނިވާސިޓީގެ ސްޓާފުން އެކުއްޖާއަށް ބޭއިޙްތިރާމް ކުރުމުން ކަމަށެވެ.

އުމުރުން 18 އަހަރުގެ އަންހެން ކުއްޖާ އަމިއްލައަށް ދަންޖެހިގެން މަރުވެފައި ވަނީ އިމްތިހާނުގައި މަކަރު ހަދަނިކޮށް ފެނުމުން އޭނާ އިމްތިހާން ހޯލުން ބޭރަށް ފޮނުވާލުމުންނެވެ.

ޓައިމްސް އޮފް އިންޑިއާ އިން ރިޕޯޓް ކުރާ ގޮތުގައި އެކުއްޖާ މަރުވެފައި އޮތްވާ ފެނުނީ އޭނާގެ އެއްމާބަނޑު ފިރިހެން ކޮއްކޮ އާއި ރަހުމަތްތެރިންނަށް ކަމަށެވެ.

ޓްވިޓާގައި ދައުރުވި ހަމަނުޖެހުމުގެ ފޮޓޯތަކުން ފެންނަނީ ގޮދަޑިތަކާއި ބައެއް ފަރުނީޗަރުގައި އަލިފާން ރޯކޮށްފައިވާ މަންޒަރެވެ.

މި ހަމަނުޖެހުންތައް ނިމުމަކަށް އައިސްފައި ވަނީ ބުރާސްފަތި ދުވަހުގެ ހެނދުނު އެ ޔުނިވާސިޓީއަށް ފުލުހުން ދިއުމުންނެވެ.