ހުވަދޫ އަތޮޅުގެ ރައްޔިތުން އަބަދުވެސް އިގްތިސާދީ އަޅުވެތިކަމާއި އަނިޔާވެރިކަމާއި ދެކޮޅު ކަމަށް ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސައިން ވިދާޅުވެއްޖެއެވެ.
ސައުދު މިހެން ވިދާޅުވެފައިވަނީ، ތިނަދޫގައި އިދިކޮޅު ފަރާތްތަކުން މިރޭ ބާއްވާ ޖަލްސާއަށް އެރަށަށް ފުރާވަޑައިގަންނަވަމުން ކުރެއްވި ޓްވީޓެއްގައެވެ.
""ހުވަދޫ ރައްޔިތުން އަބަދުވެސް އިގްތިސާދީ އަޅުވެތިކަމާއި އަނިޔާވެރިކަމާއި ދެކޮޅު" މެންބަރު ސައުދު ވިދާޅުވިއެވެ.
ތިނަދޫ ރައްޔިތުންނަށް ރައީސް ޔާމީން ބެހެއްޓެވި ގާތްކަމުގެ އަގު ކޮބައިތޯ ޕީޕީއެމްގެ ޕީޖީ ލީޑަރު ނިހާން ވިދާޅުވެފައިވާތީ އެކަމާއި ގުޅިގެން ސައުދު ވަނީ ނިހާނަށް ރައްދު ދެއްވާފައެވެ.
ސައުދު ވިދާޅުވީ ނިހާނު އަދި ހުވަދޫއަށް އާ ވާނެ ކަމަށާއި ނިހާން މަސައކަތް ކުރައްވަނީ ހުވަދޫގައި ނެތް ފިކުރަކަށް ކަމަށެވެ.
ނިހާނު ހުވަދޫއަށް އާވާނެ ކަމަށް ސައުދު ވިދާޅުވި އިރު، ނިހާން އަކީ ތިނަދު އަށް އުފަން ބޭފުޅެކެވެ.