ޙައްދު ފަހަނައަޅާ ދިއުމާއި، ލާދީނީ ފިކުރުތައް ހުއްޓުވުމަށް ކުރަންޖެހޭ މަސައްކަތްތައް ހަރުދަނާ ކުރުމަށް އަރަބި ޤައުމުތަކާއި ގުޅިގެން މަސައްކަތްކުރައްވާނެކަމަށް ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.
މާދަމާ ސައުދީގައި ބާއްވާ ޓެރަރިޒަމާ ދެކޮޅަށް މަސައްކަތްކުރާ އިސްލާމީ ޤައުމުތަކުގެ މިނިސްޓަރުންގެ ބައްދަލުވުމަށް ފުރާވަޑައިގަތުމުގެ ކުރިން ދެއްވި އިންޓަވިއު އެއްގައި ޝަރީފް ވިދާޅުވީ، ހައްދުފަހަނައަޅާ ލާދީނީ ފިކުރުތަކާއި ދެކޮޅަށް އެންމނެ ް މަސައްކަތްކުރުމަކީ ވަރަށް މުހިންމުކަމެއް ކަމަށެވެ.
ޝަރީފް ވިދާޅުވީ، މި ބައްދަލުވުމުގައި ޓެރަރިޒަމާއި ހައްދު ފަހަނައަޅާދިއުމާ ދެކޮޅަށް މިހާރު ރާއްޖެއިން ގެންގުޅޭ ސިޔާސަތު ހާމަކޮށް ޢަރަބި ގައުމުތަކާއި ގުޅިގެން މަސައްކަތްކުރުމަށް މަޝްވަރާކުރައްވާނެކަމަށެވެ.
ޓެރަރިޒަމާއި ހައްދުފަހަނަޅައިދިއުމުގެ ވިސްނުމާ ދެކޮޅަށް މަސައްކަތްކުރުމަށް ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރގެ ނަމުގައި ޚާއްޞަ މަރުކަޒެއް 2016 ވަނަ އަހަރު ރާއްޖޭގައި ވަނީ ޤާއިމްކޮށްފައެވެ.
ގެ ފެބުރުއަރީ މަހުގެ ފަންސަވީސްވަނަ ދުވަހު އުފައްދަވާފައެވެ. މި ސެންޓަރުގެ މަސައްކަތަކީ، ޓެރަރިޒަމުގެ ޙަރަކާތްތަކާއި ހައްދުފަހަޅައިދިއުމުގެ ވިސްނުމާ ދެކޮޅަށް ރާއްޖެއާއި، ބައިނަލްއަޤްވާމީ މަސްރަޙުގައި މަސައްކަތްކުރުމެވެ.