Last Updated: April 24, 09:15
Wednesday, April 24, 2024
ކޮލަމް

ސުވަދީބް އުފައްދަން ޖެހުނީ ކީއްވެ؟

* ސުވަދީބު އުފެއްދީ ދިވެހި ދައުލަތުން ދެކުނުގެ އަތޮޅުތަކަށް އެހީވާން ދެކޮޅު ހެދުމުން.
* ސުވަދީބް ޖުމްހޫރިއްޔާ އުފަންވުމާއި އެކު ރައްޔިތުންގެ އަތްމަތި ތަނަވަސް ވެގެން ދިޔަ.
* 3 އަހަރުގެ ތެރޭގައި އަމިއްލަ ބޭންކް ހަދައި އަމިއްލަ ޕާސްޕޯޓް ތަޢާރަފް ކުރި.

ދެކުނުގެ ރައްޔިތުން އަބަދުވެސް ފަޚުރެވެރިވާ ސުވަދީބު ޖުމްހޫރިއްޔާގެ މޭސްތިރި އަކީ އައްޑުއަތޮޅު ހިތަދު އަށް އުފަން އަލްމަރްޙޫމް އަބްދުﷲ އަފީފްދީދީ އެވެ.

އަފީފް ދީދީގެ ހަނދާންތައް ދެކުނުގެ 3 އަތޮޅުގެ ރައްޔިތުން އާކުރަނީ، ރައްޔިތުން ދެކެ ލޯބިވާ، ރައްޔިތުންނަށް އަޅާލައި ހުލްގުފުޅު ހެޔޮ ބޭފުޅެއްގެ ގޮތުގައެވެ. ދިވެހި ރާއްޖެ މިހާތަނަށް ނުދެކޭ ވަރުގެ ވިސްނުންފުޅު ތޫނު ސިޔާސީ ވެރިއެއްގެ ގޮތުގައި ވެސް މެއެވެ.

މަތީ ތަޢުލީމް ޙާސިލްކުރެއްވުމަށް ފަހު އަފީފް ދީދީ ރާއްޖެ ވަޑައިގަތުމުން ދިވެހި ސަރުކާރުން އޭރުގައި ގަމުގައި ތިބަ އިންގިރޭސީން ނަށް ކަނޑައަޅައިފައި ހުންނަ ސަފީރެއްގެ މަޤާމު ހަމަޖެހިގެން ދިޔައެވެ.

bbjk

މަތީ މަޤާމެއް ލިބުނު ކަމުގައި ވިޔަސް، އެ ދުވަސްވަރު ދެކުނުގެ ރައްޔިތުން އުޅެމުންދިޔަ ދެތަ ނިކަމެތި ދިރިއުޅުން ދެކެން އަފީފް ދީދީ އަކަށް ކެތެއް ނުކުރެވުނެވެ. އެ ހިސާބުން ދެކުނުގައި ވަކި ދައުލަތެއް ހެދުމުގެ އަމަލީ މަސައްކަތް އަފީފް ދީދީ ފެއްޓެވިއެވެ.

އަފީފް ދީދީގެ މިންނެއް މަސައްކަތް ފުޅުން 1959 ވަނަ އަހަރު ޖެނުއަރީމަހުގެ ތިންވަނަ ދުވަހު ސުވަދީބްއަކީ ވަކި ދައުލަތެއްގެ ގޮތުގައި އިއުލާން ކުރެވިގެން ދިޔަ އެވެ.

ވަކި ދަޢުލަތެއް އުފެއްދުމަށް މެދުވެރިވި ބައެއް ކަންތައް ހާމަކުރައްވައި އަފީފްދީދީ އިނގިރޭސިވިލާތުގެ ޓައިމްސް މަޖައްލާގެ އެޑިޓަރަށް ފޮނުއްވި ސިޓީއެއްގައި ވާގޮތުން އެދުވަސް ވަރު (1958 ވަނަ އަހަރު) ދެކުނުގެ އަތޮޅު ތަކުގައި ވަރަށް ބޮޑު ބަލިމަޑު ކަމެއް އުފެދުނެވެ. މިކަމާހެދި ދިވެހި ދައުލަތުގެ އެހީއަކަށް އެދެވުނެވެ.

އަފީފްދީދީ އިނގިރޭސިވިލާތުގެ ޓައިމްސް މަޖައްލާގެ އެޑިޓަރަށް ފޮނުއްވި ސިޓީއެއްގައި ވާގޮތުން އެދުވަސް ވަރު (1958 ވަނަ އަހަރު) ދެކުނުގެ އަތޮޅު ތަކުގައި ވަރަށް ބޮޑު ބަލިމަޑު ކަމެއް އުފެދުނެވެ. މިކަމާހެދި ދިވެހި ދައުލަތުގެ އެހީއަކަށް އެދެވުނެވެ. ނަމަވެސް ދިވެހި ދައުލަތުން ދެކުނުގެ އަތޮޅުތަކަށް އެހީވާން ދެކޮޅު ހެދިއެެވެ. އަދި ކީރިތި ޤުރުޢާން ކިޔަވައިގެން މަޑުމައިތިރިކަންމަތީ ތިބުމަށް ރައްޔިތުންނަށް އެންގުމަށް އެންގި އެވެ.

މީގެ އިތުރުން ދެކުނުގެ އަތޮޅުތަކުން ސިލޯނަށް އެކްސްޕޯޓް ކުރުމަށް ފޮނުވާ ހިކިމަހުން ލިބޭ މަންފާ އަށް ވެސް ދިވެހި ދައުލަތުން މަކަރު ހަދަން ފެށުން ވެގެން ދިޔައީ ވަކި ދައުލަތެއް ހެދުމަށް ދެކުނުގެ ރައްޔިތުން ނިންމި ސަބަބަށެވެ.

jihihio

ސުވަދީބް ޖުމްހޫރިއްޔާ އުފަންވުމާއި އެކު މަދު ދުވަސްކޮޅެއްގެ ތެރޭގައި ރައްޔިތުންގެ އަތްމަތި ތަނަވަސް ވެގެން ދިޔައެވެ. އެންމެ ތިން އަހަރު ދުވަހުގެ ތެރޭގައި އަމިއްލަ ބޭންކް ހަދައި އަމިއްލަ ޕާސްޕޯޓް ތަޢާރަފް ކުރެވިގެންދިޔައެވެ.

ފެންވަރު ރަނގަޅު ހޮސްޕިޓަލެއް އެޅިގެން ދިޔައެވެ. ސުވަދީބްގެ އަމިއްލަ އިންޓަނޭޝަނަލް އެއާޕޯޓެއް އޮތެވެ. ގްރޭޓާރ މާލެއާއި ދިވެހި ރާއްޖޭގެ އެކި ކަންކޮޅު ތަކުން އެކި އެކި އޮޕަރޭޝަން ތައް ކުރުމަށްޓަކައި އައްޑޫއަށް މީހުން އައެވެ.

އެދުވަސްވަރު ގަމުގައި މަސައްކަތް ކުރި މީހުން ބުނާ ގޮތުގައި، މާލޭގެ ބައެއް ރައްޔިތުން އައްޑޫގެ ގެތަކުގެ ރަޖިސްޓްރީގައި ނަން ހިމަނައިގެން އެ ހޮސްޕިޓަލުން ފަރުވާ ހޯދާފައި ވެއެވެ. އެއީ ސުވަދީބަށް ނިސްބަތްވާ ރައްޔިތުންނަށް ހިލޭ ބޭސްފަރުވާ ކުރެވޭނެ ނިޒާމެއް އޮތީމައެވެ.

trfghvbmb

މަދު ދުވަސްކޮޅެއްގެ ތެރޭގައި ސުވަދީބު ޖުމްހޫރިއްޔާ އިން އަމިއްލަ ފައި މައްޗަށް ތެދުވެ ހިންދެމިލި މަންޒަރު ބަލަން ދިވެހި ދައުލަތަށް ކެތެއް ނެކުރެވުނެވެ. ދިވެހި ދައުލަތުގެ ދަށަށް ސުވަދީބް ގެންދިޔުމަށް ޓަކައި ކުރެވެން ހުރި ހުރިހާކަމެއް ކުރުމަށް އިބްރާހިމް ނާސިރު އެންގެވިއެވެ.

އަދި ނާސިރު އިސްވެ ހުންނަވައިގެން ހަތިޔާރު ލައިގެން ބޯޓެއްގައި ދެކުނުގެ އަތޮޅުތަކަށް ދަތުރުތައް ފެއްޓެވިއެވެ. އަދި މިގޮތުން ހަތިޔާރެއް ނެތް އާންމު ރައްޔިތުންގެ ގަޔަށް ބަޑި ޖަހައި ބޮޑެތި ޖަރީމާތަކެއް ހިންގާފައިވެއެވެ.

ނާސިރު އިސްވެ ހުންނެވި މައި ސަރުކާރުގެ ލަޝްކަރުން ގދ. ތިނަދޫއަށް އަރައި އެރަށް ހަވަރަށް ދިނެވެ. މޫނަށް ކަނދުރާ އަކަށް ބެލުމެއްނެތި ކުޑަ ކުދިން ނާއި އަންހެނުން މަރާފައިވާއިރު، ތިނަދޫގެ ބައެއް މީހުން ބުނާ ގޮތުގައި އަންހެން ކުދިން ރޭޕްކޮށް ފިރިހެނުނަށް ބޮޑެތި އަނިޔާތައް ދީގެން މަރާލިއެވެ. އެވަރުން ނިމުނީއެއް ނޫނެވެ. ތިނަދޫ ތައްޔިތުންގެ ގެތައް ވެސް އަންދާލީއެވެ.

fyjhgjhbh

ތިނަދޫގައި ލާއިންސާނީ ޖަރީމާތައް ހިންގުމަށް ފަހު ދުވަހުގެ އިރުގެ އަލިކަން ފާޅުވިއިރު އެސަރަހައްދުގެ ކަނޑުމަތިން އޮޔާ ދިޔައީ އެތައް ބައެއްގެ ފުރާނަ ނެތް މަސްގަނޑެވެ. އަދި މަރުވެފައިވާ އެތައް ބައެއްގެ ހަށިތައް ގޮޮނޑުދޮށަށް ލައްގާފައި ތިއްބެވެ.

އެއަށް ފަހު ނާސިރު މިސްރާބު ޖެހީ ފުވައްމުލަކަށެވެ. ނަމަވެސް ފުވައްމުލަކުގެ އާދަޔާ ޚިލާފު ވެށީގެ ސަބަބުން އެރޭ ގޮތެއް ނުވިއެވެ. ނަމަވެސް ތާރީޚުގެ ލިޔުންތަކުން އެނގޭ ގޮތުގައި އެރަށުގެ ބޭރުގައި ތިބެގެން ބަޑި ޖަހައި ބައެއް މީހުން މަރާލާފައި ވެއެވެ.

ފުވައްމުލަކަށް ފަހު ނާސިރުގެ ލަޝްކަރު އައްޑުއަށް ސުވަދީބުގެ ބޭންކް ލޫޓުވާލިއެވެ. އަދި އޭރު އައްޑޫގައި ހިންގި ފެންވަރު ރަނގަޅު ހޮސްޕިޓަލާއި އިނގިރޭސީން ގަމުގައި ހެދި އެއާޕޯޓް ލޫޓުވާލައިގެން ޣަނީމާ މުދަލުގެ ގޮތުގައި މާލެ ގެންދިޔައެވެ.
edfhjgjhbj

ދިވެހި ދައުލަތުގެ އަނިޔާވެރިކަމުން ސަލާމަތްވެގެން ފަހުން ސުވަދީބުގެ ރައީސް އަފީފް ދީދީ އައްޑުއަށް އެނބުރި ވަޑައިގެންނެވެއެވެ. އެހެން ނަމަވެސް ފަހުން އިނގިރޭސީންގެ އެހީގައި ސީޝެލްސް އަށް އާއިލާ ގޮވައިގެން ބަދަލުވެވަޑައިގެންނެވީއެވެ.

ދިވެހި ރާއްޖޭގެ ޤައުމީ ބަތަލުންގެ ވާހަކަ ދައްކާއިރު މާލޭ ސަރުކާރުން، އަފީފްދީދީ މެން ފަދަ ބޭފުޅުންގެ ވާހަކަ ނުދެއްކެވިޔަސް، އެ ބޭފުޅާއަކީ، ދެކުނުގެ ރައްޔިތުންގެ އެބޭފުޅަކަށް ޓަކައި ފަޚުރުވެރިވާ ސުވާދީބު ސަރުކާރުގެ ރައީސް އަފީފް ދީދީ އެވެ.

ސުވަދީބުގެ ނަމުގައި ވަކި ދައުލަތެއް އުފެއްދީ ދެކުނުގެ ރައްޔިތުންގެ ލާބަ އާއި މަންފާއަށްޓަކައި ކަން ދެކުނުގެ ރައްޔިތުން ޤަބޫލު ކުރެ އެވެ.

tyjhb

އެކަން އޮޅުވާލުމަށް އަފީފްދީދީ އިސްވެ ހުންނަވައި ދެކުނުގެ ރައްޔިތުން ކުރީ ބަޣާވާތެކޭ ބުނާއިރު، ދެކުނުގެ ރައްޔިތުން އަދި ޚުދް އަފީފް ދީދީވެސް ސަރުކާރާ ދެކޮޅަށް ނުނިކުންނަވަ އެވެ. ބަޣާވާތަކީ ވެރިމީހާ އަށް ދެކޮޅަށް ނުކުތުމެވެ. އަފީފުދީދީ ވެރިމީހާ އާ ދެކޮޅަކަށް ނުނިކުންނަވަ އެވެ.

ބޭއިންސާފުން ދެކުނުގެ ރައްޔިތުންގެ ޙައްޤުތައް ނިގުޅައިގަނެފައި ނުވާތީ، ދިވެހި ދައުލަތުގެ ވެރިކަމުގެ ދަށުގައި ނުތިބެ ވަކިވީ އެވެ. ހަނގުރާމައެއް ނުކުރެ އެވެ. ތަޅާފޮޅުމެއް ނުހިންގަ އެވެ.