Last Updated: June 16, 14:01
Tuesday, June 16, 2026
ޚަބަރު

ޕޯސްޓެއް ޝެއާކޮށްގެން އައިފޯން 10 ލިބިދާނެ

ސައިކަލު ވިއްކުމުގެ ވިޔަފާރި ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ ޝީޝާއަށް 30 އަހަރު ފުރުމުގެ މުނާސަބުގައި ކަސްޓަމަރުންނަށް ވަރަށް ޚާއްސަ ޕްރޮމޯތަކެއް އަނެއްކާވެސް ހުޅުވާލައިފިއެވެ.

އިންސްޓޯލްމަންޓަށް ސައިކަލު ނަގާ ފަރާތްތަކާއި އަގު އެއްކޮށް ދެއްކުމަށްފަހު ނަގާ ފަރާތްތަކުގެ އިތުރުން ޝީޝާގެ ފޭނުންނަށްވެސް ވަރަށް ޚާއްސަ އިނާމެއް ވަނީ މިފަހަރު ހުށައަޅާފައެވެ.

އެގޮތުން އެޕަލްއިން އެންމެ ފަހަކަށް ނެރުނު އައިފޯން 10 ހޯދުމުގެ ފުރުސަތު ޝީޝާއިން ވަނީ ހުޅުވާލާފައެވެ. އައިފޯން ހޯދުމަށް ކުރަން ޖެހޭ ކަމަކީ ޝީޝާގެ ފޭސްބުކް ޕޭޖަށް އެންމެ ފުރަތަމަ ލައިކެއް ދިނުމެވެ. އެއަށްފަހު ޕޭޖުގައި ފޯނު ހޯދުމަށް ޚާއްސަކޮށްފައިވާ ޕޯސްޓަށް #HabeysThirees ޖަހައި ކޮމެންޓެއް ކޮށްލުމަށްފަހު ތިން ރައްޓެއްސަކު ޓެގު ކުރުމަށްފަހު ޕޯސްޓު ޝެއާ ކޮށްލުމުން އައިފޯން ހޯދުމުގެ ލަކީ ޑްރޯގައި ބައިވެރިވެވުނީއެވެ.

އައިފޯންގެ އިތުރުން ޝީޝާއިން މިޕްރޮމޯގައި ކަސްޓަމަރުންނަށް ވަރަށް ޚާއްސަ ޑިސްކައުންޓުތަކެއްވެސް ވަނީ ތައާރަފްކޮށްފައެވެ. އެގޮތުން އިނސްޓޯލްމަންޓަށް ސައިކަލު ބައްލަވާ ފަރާތްތަކުން ކުރިން %40 ދައްކަން ޖެހުނު ނަމަވެސް މިހާރު %10 ވަނީ ކުޑަކޮށްފައެވެ.

އަދި އަގު އެއްކޮށް ދެއްކުމަށްފަހު ސައިކަލު ބައްލަވާ ފަރާތްތަކަށް 5،000ރ. އާ ހަމައަށް ޑިސްކައުންޓު ލިބިގެންދާނެ ކަމަށް ޝީޝާއިން މައުލޫމާތު ދެއެވެ.

ރާއްޖޭގައި ސައިކަލު ވިއްކުމުގައި ގިނަ ބަޔެއްގެ މަގުބޫލުކަން ހޯދާފައިވާ ޝީޝާއިން ވަނީ މާލޭގެ އިތުރުން ރާއްޖޭގެ ދެ ސަރަހައްދުގައި ޝީޝާ ޝޯރޫމްތައް ހުޅުވާފައެވެ.