ހިތަދޫގެ ޖަމިއްޔާއެއް ކަމުގައިވާ އެފްސީ ޒެފިއާ އިން އިންތިޒާމުކޮށްގެން ބާއްވާ "އެލެކްސް އިންވަސްޓްމަންޓް ފުޓްސަލް ކަޕް2017" މިއަދު ފަށާ ގޮތަށް ނިންމައިފި އެވެ.
މުބާރާތުގެ ފުރަތަމަ މެޗް މިއަދު ހަވީރު ހިތަދޫ، އީދިގަލި ދަނޑުގައި ބައްދަލު ކުރާނީ، ސުއްޓާލައިން އާއި އެފްސީ އުސްގަނޑައެވެ. މި މެޗް ފެށުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު 4:00 ގައެވެ.
މި މުބާރާތުގައި ޖުމްލަ 10 ޓީމު ބައިވެރިވެފައިވާއިރު މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ 2 ގްރޫޕަކަށް ބަހާލައިގެންނެވެ. ކޮންމެ ގްރޫޕަކުން އެންމެ ގިނަ ޕޮއިންޓް ހޯދާ 2 ޓީމަކަށް ސެމީ ފައިނަލްގެ ޖާގައެއް ލިބޭނެއެވެ.
ގްރޫޕް އޭ
1.ސުއްޓާލައިން
2. އެފްސީ އުސްގަނޑަ
3. އެފްސީ އަފިރިން
4 އެފްސީ ގައްލީށާ
ކޮށަފަންނަ
ގްރޫޕް ބީ
1. އެފްސީ ބޭރުމަތި
2.އެފްސީ ސްކޫޕް ކަންމަތި
3. ގައުމު އެފްސީ
4. އެފްސީ ފެލްކަންސް
5. މަލްޓި ޖީނިއަސް
މި މުބާރާތުގެ ޗެމްޕިއަން ޓީމަކަށް 30،000 ރުފިޔާ އަދި ރަނަރަޕް ޓީމަކަށް 10،000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ހުށަހަޅާފައެވެ. މިމުބާރާތް ކުރިއަށް ދާނީ ހިތަދޫ އީދިގަލި ދަނޑުގައެވެ. އީދިގަލި ކިޅި ކައިރީ އޮންނަ މި ދަނޑުގައި ފާއިތުވި އަހަރުވެސް ޒެފިއާ އިން އިންތިޒާމް ކޮށްގެން ފުޓްސަލް މުބާރާތެއް ވަނީ ބާއްވާފައެވެ.
ޒެފިއާ ފުޓްސަލް ކަޕް2017ގެ މެއިން ސްޕޮންސަރަކީ އެލެކްސް އިންވަސްޓްމަންޓެވެ. ބެވަރޭޖް ޕާޓްނަރުކަން ކޮކާކޯލާ އިން ނަގާފައިވާއިރު ޕްރިންޓިން ޕާޓްނަރަކީ ކޮންޓްރޯލް ޕީއެވެ. އަދި މުބާރާތުގެ މީޑިޔާ ޕާޓްނަރ އަކީ 'އައްޑޫލައިވް' އެވެ. މީގެ އިތުރުން ސްޕޯޓްސް ޕާޓްނަރ އަކީ އައިރިސް ޓްރޭޑާސް އެވެ.