Last Updated: June 8, 13:26
Monday, June 8, 2026
ސިޔާސީ

ތިނަދޫގައި އިދިކޮޅު ޖަލްސާއަށް ދިޔައީ 316 މީހުން: އަދުރޭ

ގދ.ތިނަދޫގައި އިދިކޮޅު ފަރާތުން ބޭއްވި ޖަލްސާއަށް ދިޔައީ އެންމެ 316 މީހުން ކަމަށް ޕީޕީއެމްގެ ރައީސް ޔާމީން ފެކްޝަންގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

އަބްދުއްރަހީމް ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން ތިނަދޫގައި ބޭއްވި ޖަލްސާއަށް ދިޔަ މީހުންގެ ތެރެއިން 143 މީހުންނަކީ މާލެއިން އައި މީހުން ކަމަށެވެ.

އިދިކޮޅު ފަރާތްތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވަމުން، އަބްދުއްރަހީމް ވަނީ އިދިކޮޅު ފަރާތްތަކުގެ ވާހަކައަށް ރައްދުދެއްވަމުން އަބްދުއްރަޙީމް ވަނީ ތިނަދޫއަށް ވަޑައިގެންފިނަމަ ފޮނުވާނެކަމަށް ބުނި މީހުން ކޮބައިތޯ ސުވާލުކުރައްވާފައެވެ.

"މިހިރީ ތިނަދޫއަށް އައިސް. ކޮބައިތޯ ފޮނުވި މީހުން؟ އަދިވެސް އަންނާނަން"

އަބްދުއްރަހީމް ވިދާޅުވީ ކުރިއަށް އޮތްތަނުގައިވެސް ތިނަދޫ ރައްޔިތުންނާ ބައްދަލުކުރުމަށް އެރަށަށް ވަޑައިގަންނަވާނެކަމަށެވެ.

ތިނަދޫ ރައްޔިތުންގެ މިހާރުގެ އެދުމަތީ އެރަށަށް ހުއްޓުމެއްނެތި ތަރައްޤީ ގެނައުން ކަން ފާހަގަކުރައްވައި އަބްދުއްރަހީމް ވިދާޅުވީ، ރައީސް ޔާމީން ވޭތުވެދިޔަ 4 އަހަރުދުވަހު ކޮށްދެއްވި މަސައްކަތް ތިނަދޫ ރައްޔިތުން ބަލައިގެންފައިވާކަމަށެވެ.