ދިވެހިރާއްޖޭގައި މިއަދު ޓެކްސީތަކަށް ވުރެ ސީޕްލޭން ގިނަ ވެއްޖެ ކަމަށާއި އެހެންކަމުން ކުރިއަށް އޮތްތަނުގައި ރައްޔިތުން ޓެކްސީ ކުރާނީ ވެސް ސީޕްލޭންގައި ކަމަށް ފޭދޫ ދާއިރާގެ މަޖިލިސް މެންބަރު އިބްރހިމްދީދީ ވިދާޅުވެއްޖެއެވެ.
މިގޮތަށް އައިބީ ވިދާޅުވީ، ތިނަދޫގައި ރޭ ޕީޕީއެމުން ބޭއްވި ހެއްޔޯސާ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
"މި ގައުމުގައި މިހާރު ޓެކްސީއަށް ވުރެ ގިނަ އޭ ސީޕްލޭންތައް.ރައްޔިތުން ކުރިއަށް އޮތްތަނުގައި ސީޕްލޭންގައި ޓެކްސީ ކޮށްލާނީ"
ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވަމުން އައިބީ ވިދާޅުވީ، ނަޝީދަކީ ދެކުނުގެ ރައްޔިތުންނަށް ޖެހިފައި ހުރި "ހުޅެއް" ކަމަށާއި އަދި ބޮޑު ޓެރަރިސްޓެއް ކަމަށެވެ.
އަދި ނަޝީދުގެ ނަން 2018ގެ ވޯޓް ކަރުދާހުގައި ނޯންނާނެ ކަމަށާއި އެމަނިކުފާނު ހުންނަވަން ޖެހޭނީ އިނގިރޭސިވިލާތުގައި، "ކިއްލި ތަޅަން" ކަމަށް އައިބީ ވިދާޅުވިއެވެ.