Last Updated: June 28, 20:14
Sunday, June 28, 2026
މުނިފޫހިފިލުވުން

ކެވިން ހާޓް އަށް ފިރިހެން ކުއްޖަކު ލިބިއްޖެ

މަޝްހޫރު އެކްޓަރު ކެވިން ހާޓް އާއި އޭނާގެ އަންހެނުން އެނިކޯ ޕެރިޝް އަށް ފިރިހެން ކުއްޖަކު ލިބިއްޖެ އެވެ.

އެ ދެމަރިފިންގެ ދަރިފުޅު ކެންޒޯ ކޭޝް ހާޓް އުފަންވި ޚަބަރު ކެވިން ހާޓް ވަނީ އޭނާގެ ރަސްމީ ޓްވިޓާ އެކައުންޓް މެދުވެރިކޮށް ފޭނުންނާއި ހިއްސާކޮށްފަ އެވެ.

މީގެ އިތުރުން ކެވިން ވަނީ އޭނާ އާއި އެނިކޯ ތުއްތު ކެންޒޯ ގޮވައިގެން ގެއަށް ދިޔަ މަގުމަތީގައި ނަގާފައިވާ ފޮޓޯއެއް ވެސް އިންސްޓަގްރާމްގައި ޕޯސްޓް ކޮށްފައެވެ.

https://www.instagram.com/p/Bb0u_WwDQHr/

ކެވިން އާއި އެނިކޯ ކައިވެނި ކުރީ މިދިޔަ އަހަރުގެ ތެރޭގައެވެ. އެހެންނަމަވެސް ކެވިން އަށް އޭނާގެ ފުރަތަމަ ކައިވެނިން ވެސް ދެކުދިން ލިބިފައިވެ އެވެ.