Last Updated: June 28, 20:14
Sunday, June 28, 2026
މުނިފޫހިފިލުވުން

ބާބްރާގެ ކޮންސަޓް އަލްބަމް ޑިސެމްބަރު 8 ގައި

ވެޓްރަން ލަވަކިޔުންތެރިޔާ އަދި އެކްޓްރެސް ބާބްރާ ސްޓްރައިސޭންޑްގެ އަލްބަމް "ބާބްރާ: ދަ މިއުޒިކް، ދަ މެމޮރީސް، ދަ މެޖިކް" އަންނަ ޑިސެމްބަރު މަހުގެ 8 ވަނަ ދުވަހު ރިލީޒް ކުރާނެ ކަމަށް އިއުލާންކޮށްފި އެވެ.

ކޮލަމްބިއާ ރެކޯޑްސް އިން ރިލީޒް ކުރާ މި އަލްބަމްގައި 2016 ވަނަ އަހަރު ބޭއްވި ބާބްރާގެ ކޮންސަޓްގެ ހުރިހާ ލަވައެއް ހިމެނޭނެ އެވެ.

މި އަލްބަމްގައި ބާބްރާ، 75، ގެ ކޮންސެޓް ތެރެއިން ޝޫޓްކޮށްފައިވާ ޖުމްލަ 19 ލަވައެއް ހިމެނޭނެ އެވެ.

މި އަލްބަމްގައި މިދިޔަ ބުދަ ދުވަހު ނެރުނު ބާބްރާގެ އަލްބަމް "އެންކޯ: މޫވީ ޕާޓްނާސް ސިންގް ބްރޯޑްވޭ" ގައި ހިމެނޭ ލަވަތައް ރެކޯޑް ކުރުމުގެ ފުޓޭޖް ވެސް ވަނީ ހިމަނާފަ އެވެ.

"ބާބްރާ: ދަ މިއުޒިކް، ދަ މެމޮރީސް، ދަ މެޖިކް!" ކޯ-ޑައިރެކްޓް ކޮށްފައި ވަނީ ޖިމް ގޭބަލް އާއި ޚުދު ބާބްރާ އެވެ. މި އަލްބަމް ކޯ-ރައިޓް ކޮށްފައި ވަނީ ޖޭ ލޭންޑާސް އާއި ރިޗާޑް ޖޭ-އެލެކްސެންޑަރ އެވެ.