Last Updated: June 8, 13:26
Monday, June 8, 2026
ޚަބަރު

"ބާރުތައް މުށުތެރެއަށް ލުމަކީ ޑިމޮކްރަސީގެ އުސޫލެއް ނޫން"

ހުރިހާ ބާރެއް މުށުތެރެއަށް ލައިގެން ހުރުމަކީ މި ޒަމާނުގެ ޑިމޮކްރަސީގެ އުސޫލެއް ނޫން ކަމަށް ރައީސް އަބްދުﷲ ޔާމީން ޤަބޫލުކުރައްވާ ކަމަށް ޕީޕީއެމްގެ ރައީސް ޔާމީން ފެކްޝަންގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

ތިނަދޫގައި ޕީޕީއެމްއިން ބޭއްވި "ހެއްޔޯސާ" ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ، ރައީސް ޔާމީން ގަބޫލުކުރައްވާ ގޮތުގައި ޑިމޮކްރަސީ އަކީ، ބާރުތައް ބަހާލާފައި މީހުންނާއި ހަވާލުކޮށްގެން މަސައްކަތް ކުރުން ކަމަށެވެ.

"އެމަނިކުފާނު ގަބޫލުކުރައްވަނީ ހުރިހާ ބާރެއް މުށުތެރެއަށް ލައިގެން ހުރުމަކީ މިޒަމާނުގެ ޑިމޮކްރަސީގެ އުސޫލެއް ނޫންކަމަށް. ބާރުތައް ބަހާލާފައި މީހުންނާއި ހަވާލުކޮށްގެން މަސައްކަތް ކުރުމަކީ އެއީ ކަމަށް ޑިމޮކްރަސީ އަކީ"

ރައީސް ޔާމީން ޕީޕީއެމްގެ މުސްތަޝާރު ކަމާއި ހަވާލުވެވަޑައިގެންނެވި ހިސާބުން އެ ޕާޓީގެ ހަރަކާތްތައް ވަރަށް ބޮޑަށް އިތުރުވެފައިވާކަން އަބްދުއްރަހީމް ވަނީ ފާހަގަކުރައްވާފައެވެ.

އަބްދުއްރަހީމް ވިދާޅުވީ، ރައީސް ޔާމީން ވޭތުވެދިޔަ 4 އަހަރުދުވަހު ކޮށްދެއްވި މަސައްކަތް ތިނަދޫ ރައްޔިތުން ބަލައިގެންފައިވާކަމަށެވެ.