Last Updated: June 16, 14:01
Tuesday, June 16, 2026
މުނިފޫހިފިލުވުން

ބޭލްގެ ޕާޓީގައި ބިޔޯންސޭ ބައިވެރިކުރަން 1.5 މިލިއަން

ރެއަލް މެޑްރިޑްގެ ތަރި، ގެރެތް ބޭލްގެ ކައިވެނި ޕާޓީގައި ލަވަކިޔުމަށް އޭނާ ބޭނުންވަނީ ބިޔޯންސޭ ކަމަށް ޚަބަރު ފެތުރެން ފަށައިފި އެވެ.

ބޭލްގެ ދުވަސްވީ ބައިވެރިޔާ، އެމާ ޖޯންސްއާ ކައިވެނި ކުރުމަށް އަންނަ އަހަރު މާޗު މަހުގައި ތައްޔާރުވަމުން އަންނައިރު ދެމީހުންވެސް ކައިވެނި ޕާޓީގައި ދުނިޔޭގެ އެންމެ މަޝްހޫރު އެއް މިއުޒީޝިއަން، ބެޔޯންސޭ ބައިވެރިވުމަށް ބޭނުންވެއެވެ.

ނަމަވެސް ބެޔޯންސޭ ކައިވެނި ޕާޓީގައި ލަވަކިޔުމަށް އެއްބަސްވަނީ 1.5 މިލިއަން ޕައުންޑުގެ އަގަކަށް ކަމަށް ސްޕެއިންގެ މީޑިޔާތަކުން ރިޕޯޓުކޮށްފައިވެއެވެ.

އަދި ބޭލްއާއި އެމާވެސް ބެޔޯންސޭގެ އަގަށް އެއްބަސްވެ، ބެޔޯންސޭ ގެނައުމަށް އޭނާގެ ވަކީލުންނާއި އޭޖެންޓުން ކައިރީ އެދިފައިވާ ކަމަށް ޚަބަރު ލިބެއެވެ.

ބޭލްއަކީ 2013 ވަނަ އަހަރު ޓޮޓެންހަމް ހޮޓްސްޕާސްއިން ރެއާލް މެޑްރިޑަށް ބަދަލުވުމަށްފަހު އެޓީމަށް ހޯދައިދިން ގިނަގުނަ ކާމިޔާބީތަކުގައި މުހިންމު ރޯލެއް ކުޅެދީފައިވާ ކުޅުންތެރިޔެކެވެ. އޭގެ ސަބަބުން ރެއާލްއިން އަންނަނީ އޭނާއަށް ހަފްތާއަކު 300،000 ޕައުންޑުގެ މުސާރައެއް ދެމުންނެވެ.